#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
police
އަޙްމަދު ރިޟްވާން ޢަބްދުﷲ ގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
September 29, 2014
މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލައިގެ ތުޙުމަތުގައި އިތުރު މީހަކު މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފިއެވެ. މި މައްސަލައިގެ ތުޙުމަތުގައިި ކޯޓް އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެކެވެ. މި މައްސަލާގައި 25 އަހަރުގެ މީހަކު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް read more…
ރިޟްވާން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި 3 މީހަކު ހައްޔަރު ކޮށްފި
September 28, 2014
މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލައިގެ ތުޙުމަތުގައި 3 މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައިގެ ތުޙުމަތުގައިި ކޯޓް އަމުރެއްގެ ދަށުން އިއްޔެގެ ހައްޔަރު ކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ފިރިހެނެކެވެ. މި މައްސަލައާއި މެދު ގޮތެއް ނިންމުމަށް 3 މީހުން މިއަދު ކްރިމިނަލް ކޯޓަށް read more…
ނޫސްބަޔާން
September 23, 2014
މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ ހާދިސާ އާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން އާއްމު ކޮށްފައިވާ ލިޔުމާއި ގުޅޭ ގޮތުން ދަންނަވަމެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް އިން ނެރެ އާއްމު ކޮށްފައިވާ ލިޔުމަކީ ފުލުހުންނަށް މި މައްސަލައިގެ ތަޙުޤީޤުގައި އެހީތެރިވުމުގެ މަޤްޞަދުގައި އާއްމު ކުރި ލިޔުމެއް ކަމަށް ބުނި ނަމަވެސް އެ ލިޔުމަކީ ޒިންމާދާރުކަމެއްނެތި، ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅޭގޮތަށް، ސާބިތުހިފޭފަދަ read more…
ތޭރަ އޮގަސްޓް 2014 ވަނަ ދުވަހުންފެށިގެން ފުލުހުން ބަލަމުންދާ، މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައިގެ އެންމެ ފަހުގެ މަޢުލޫމާތު
September 16, 2014
މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލަ ތަޙުޤީޤު ކުރުމަށާއި އޭނާ ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތު ރައްޔިތުންނަށް ހާމަކުރަމެވެ. އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ކުރެވެމުންދާ މަސައްކަތުގައި މިހާތަނަށް ހޯދުނު މަޢުލޫމާތަށް ބަލާއިރު 2014 އޮގަސްޓް 7 ވަނަ ދުވަހުގެރޭގެ 00:00 މިނިޓުގެ ފަހުން އަޙްމަދު ރިޟުވާން read more…
މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެފަހުގެ މަޢުލޫމާތު
September 4, 2014
މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ޚާއްޞަ ޓީމަކުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލެވިފައެވެ. މީގެއިތުރުން އިންޓެލިޖެންސް ޑިޕާރޓްމަންޓާއި ފޮރެންސިކް ޑިޕާރޓްމަންޓް ހިމެނޭގޮތުން ގިނަ އަދަދެއްގެ ފުލުހުން ޢަމަލީގޮތުން މަސައްކަތްކުރަމުންދެއެވެ. read more…
އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތުގައި މިހާތަނަށް 198 މީހަކާ ސުވާލުކޮށް 80 މީހެއްގެ ބަޔާން ނަގައިފި
August 28, 2014
މި އޮގަސްޓް މަހުގެ 7 ވަނަދުވަހުގެރޭގެ ވަގުތެއްގައި ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ހޯދުމަށާއި އޭނާގެ ތަޙުޤީޤުގެ މަސައްކަތް ފުލުހުން މިދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މިގޮތުން މިހާތަނަށް މިމައްސަލައާއި ގުޅިގެން 198 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 80 އަށްވުރެ ގިނަމީހުންގެ ތަޙުޤީޤު ބަޔާން ވަނީ ނެގިފައެވެ. ހުޅުމާލޭގައި ރިޟްވާން ޢަބްދުﷲ އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ read more…
މ. ޝައިނިންގ ސްޓަރ، އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ފުލުހުން ދަނީ ކުރަމުން
August 24, 2014
މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަން 13 އޮގަސްޓް 2014 ވަނަ ދުވަހު 13:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ ހޯދުމަށާއި މިމައްސަލަ ތަޙުޤީޤު ކުރުމަށް ފެށި ޚާއްޞަ މަސައްކަތްތައް ހުއްޓުމެއްނެތި ފުލުހުން މި ދަނީ ކުރަމުންނެވެ. ރިޟްވާން ހޯދުމަށް މިހާތަނަށް ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުތަކުގެ އިތުރުން މީހުން ދިރި ނޫޅޭ ސަރަހައްދުތައްވެސް އެއްކޮށް ބަލައި ފާސްކޮށް read more…
ނޫސްބަޔާން
August 20, 2014
މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާކަން 13 އޮގަސްޓް 2014 ވަނަ ދުވަހު 13:15 ހާއިރު ފުލުހުންނަށް ހުށަހެޅުމާއެކު އޭނާ ހޯދުމަށާއި މިމައްސަލަ ތަޙުޤީޤު ކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފުލުހުންގެ މުއައްސަސާއިން މިދަނީ ކުރަމުންނެވެ. އެކަމަށްޓަކައި ޚާއްޞަ ޓީމެއް އެކުލަވާލައި ހޯދަން ޖެހޭ ހޯދުންތައް މިދަނީ ހޯދަމުންނެވެ. ބަލައި ފާސްކުރަންޖެހޭ ތަންތަން މިދަނީ ބަލައި ފާސްކުރަމުންނެވެ. ދިރާސާކުރަންޖެހޭ ސީސީޓީވީ ފުޓޭޖާއި އެހެނިހެން ތަކެތި މިދަނީ read more…