#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
News
ރިޟުވާން ހޯދުމަށް ސަރުކާރުން މަސައްކަތްނުކުރާ ކަމަށް ބުނެ ކުއްލި މައްސަލައެއް
August 19, 2014
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން 28، ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ. ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. މި މައްސަލައިގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 51 މެންބަރުން ވަނީ ކުއްލި މައްސަލައަށް read more…
ހުޅުމާލޭން ގަދަކަމުން ކާރަކަށް މީހަކު އެރުވި ކަމަށް ބުނާ ވާހަކައަށް ކޮމެންޓެއް ނުކުރި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲ ގެއްލުނުރޭ އޭނާ އުޅޭ ފްލެޓު ކައިރިން، ބަޔަކު ގަދަ ކަމުން ކާރަކަށް މީހަކު އެރުވި ކަމަށް ބުނާ ވާހަކައަށް ފުލުހުން ކޮމެންޓެއް ނުކުރިއެވެ. މިނިވަން ނޫހުންވަނީ ރިލްވާން ގެއްލުނު ރޭ އޭނާ އުޅެމުން ގެންދިޔަ ފްލެޓު ކައިރިން ބަޔަކު ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބުނެފައެވެ. މަންޒަރު ދުށް ދެމީހަކާއި ހަވާލާދީ މިނިވަން ނޫހުން ބުނެފައިވާ ގޮތުގައި ރިލްވާން read more…
RSF urges government to deploy all necessary resources to find missing journalist
August 18, 2014
Reporters Without Borders (RSF) has called on the Maldives government to deploy all necessary resources to find missing Minivan News journalist Ahmed Rilwan Abdulla. Minivan News strongly believes Rilwan was abducted in the early hours of August 8. The paper has received multiple eyewitness statements claiming they saw a man read more…
Journalist and Democracy Advocate Ahmed Rizwan Abdulla Missing in the Maldives
ferry. The 28-year-old, who works for online news site Minivan News, is an advocate of democracy and free speech and a prolific social media user. He is one of the first Maldivian bloggers and writes on many subjects, including religion, politics, and the environment. Rizwan’s last tweet from his account read more…
ރިލްވާން ހޯދުމުގައި ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓާސް ވިތައުޓް ބޯޑާސް އިން އެދިއްޖެ
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ވަރަށް ކަންބޮޑުވާ ކަމަށާއި ރިލްވާން ހޯދުމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދޭ ކަމަށް ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރީ ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ބުނެފި އެވެ. އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޮފާ ޑެލޯރް ވިދާޅުވެފައިވަނީ ރާއްޖޭގައި ނޫސްވެރިއަކު ގެއްލިގެން އުޅޭތީ އެކަމާ އެ ޖަމިއްޔާއިން read more…
ރިޟްވާންގެ އެޕާޓްމަންޓް ކައިރިން މީހަކު ގަދަކަމުން ކާރަކަށް އެރުވި މަންޒަރު ފެނުނު ކަމަށް ބަޔަކު ބުނެފި
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުނުރޭ ދަންވަރު ރިޟްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއަ މަންޒަރު ފެނުނު ކަމަށް ދެމީހަކާއި ހަވާލާދީ މިނިވަން ނޫހުން ބުނެފިއެވެ. ގަދަކަމުން މީހަކު ކާރަކަށް އަރުވާފައި ވަނީ ރިޟްވާން ގެއްލުނު ކަމަށް ބުނާ ރޭ ގެ ދަންވަރު 02:00 ކަންހާއިރު ކަމަށް އެމީހުންނާއި ހަވާލާދީ މިނިވަން ނޫހުން ބުނެއެވެ. ރިޟްވާން ހޯދުމަށް ފުލުހުން ކުރަމުންދާ read more…
ރިލްވާންގެ ގޭދޮށުން ގަދަކަމުން މީހަކު ވެހިކަލަކަށް އެރުވި ތަން ދެ މީހަކަށް ފެނުނު: މިނިވަން ނިއުސް
މިނިވަން ނިއުސްގެ ޖާނަލިސްޓް ރިިލްވާން އަބްދުﷲ ގެއްލުނު ރޭ ދަންވަރު، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރީގައި ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ދެ މީހަކަށް ފެނިފައިވާ ކަމަށް އެ ނޫހުން މިރޭ ރިޕޯޓްކޮށްފި އެވެ. ނަމަވެސް އެއީ ރިލްވާން ކަމެއް މިނިވަން ނިއުސް އަށް މައުލޫމާތު ހިއްސާކުރި ދެ މީހުންނަށް ޔަގީން ނުވާ ކަމަށް އެ ނޫހުން ބުނެ އެވެ. މަންޒަރު ދުށް އެ ދެ read more…
ރިލްވާން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް ކުރަން ޖެހޭ: އެމްޑީއޭ
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ހޯދުމުގެ މަސައްކަތް މިހާރަށްވުރެ ސީރިއަސްކޮށް، މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން ބުނެފި އެވެ. އެމްޑީއޭގެ ސްޕޯކްސްޕާސަން އަދި ޑެޕިއުޓީ ލީޑަރު އަހުމަދު އާމިރު މިއަދު “ސަން” އަށް ވިދާޅުވީ ރިލްވާން ގެއްލިގެން ހޯދާތާ ދުވަސްތަކެއް ވެފައިވާ އިރު، މި ކަމަކީ ސީރިއަސްކަން ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާ ކަމަށެވެ. އެހެން ކަމުން read more…
Minivan News journalist feared abducted
Information gathered by Minivan News strongly suggests that journalist Ahmed Rilwan Abdulla was abducted in the early hours of August 8 in Hulhumalé. Two eyewitnesses in Hulhumalé have reported seeing a man in dark clothes being forced into a vehicle at knifepoint outside Rilwan’s apartment at around 2am. CCTV footage read more…
ރިލްވާން ގެއްލުނު މައްސަލަ މަޖިލީހުގެ ތިން ކޮމިޓީއަކަށް ހުށަހަޅައިފި
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމިޓީއަކަށް މިއަދު އެމްޑީޕީން ހުށަހަޅައިފި އެވެ. އެމްޑީޕީގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ މި މައްސަލަ ހުށަހެޅުއްވާފައި ވަނީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި ގައުމީ ސަލާމަތު ކޮމިޓީ އަދި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށެވެ. މިއީ އެއް މައްސަލައެއް، ތިން ކޮމިޓީއަކަށް read more…