#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
News
ރިލްވާން ގެއްލުނު ރޭ ގަދަކަމުން މީހަކު ވެހިކަލަކަށް އެރުވި ރިޕޯޓު ވެސް ދަނީ ބަލަމުން: އުމަރު
August 20, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ ރިިލްވާން އަބްދުﷲ ގެއްލުނު ރޭ ދަންވަރު، އޭނާގެ އެޕާޓްމަންޓް ކައިރިން ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ގެންދިޔަ ކަމަށް ބަޔަކު ބުނާ ބުނުން ފުލުހުންގެ ތަހުގީގައި ބަލަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި އުމަރު ވިދާޅުވީ ފުލުހުންނަށް އެ ރިޕޯޓް ލިބުނު ނަމަވެސް އެއީ ރިލްވާން ގެއްލުމާ ގުޅުން ހުރި ކަމެއް ކަން read more…
ރިލްވާން ހޯދުމުގެ މަސައްކަތް ފުޅާކޮށް، ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު ބަލަން ފަށައިފި
މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތް ފުޅާކޮށް ހުޅުމާލޭގެ ކަނޑުގެ ސަރަހައްދު މިއަދު ބަލަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. ރިލްވާން ގެއްލުނުތާ ދެ ހަފްތާ ވާން ކައިރިވެފައި ވާއިރު އޭނާ ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތާ ގުޅޭ ގޮތުން ނޫސްވެރިންނާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ފުލުހުންގެ ހުރިހާ ވަސީލަތްތަކެއް އޭނާ ހޯދުމުގެ މަސައްކަތުގައި މިހާރު read more…
ރިލްވާން ގެއްލުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
ނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާތީ އދ. އިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައިވަނީ ރިލްވާން ގެއްލިފައިވަނީ ރާއްޖޭގައި ހިންގި ގޭންގް ހަމަނުޖެހުންތަކާ ގުޅިގެން ނޫސްވެރިން ލިޔުނު ލިޔުންތަކާ ގުޅިގެން ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރު ދިން ފަހުން ކަމަށެވެ. އަދި މިހާރު ރިލްވާން read more…
MPs call for expeditious investigation of Minivan News journalist’s disappearance
August 19, 2014
MPs today expressed concern with the disappearance of Minivan News journalist Ahmed Rilwan Abdulla and called for an expeditious investigation during a debate on a motion without notice submitted by opposition Maldivian Democratic Party (MDP) MP Imthiyaz Fahmy. Presenting the motion, Imthiyaz said the authorities were neither adequately investigating the read more…
Advocacy group urges Maldives to find missing journalist
Press freedom advocacy group Reporters Without Borders has urged the government of the Maldives to step up efforts to trace journalist Ahmed Rilwan Abdulla, whom colleagues fear was abducted on August 8th by gang members linked to Islamic radicals. The call follows an appeal by Malé-based news website Minivan News, read more…
ނޫސްވެރިޔާ ރިލްވާނަށް ވީ ކިހިނެއް؟ އޭނާވީ ކޮންތާކު؟ އޭނާ ފެންނާނެބާ؟
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލިއްޖެ. މިއީ ރާއްޖޭގެ މިއަދުގެ ޙާލަތު ހުރިގޮތުން ފުރަތަމަ މީހުން އެހާ ސިހުން ގެނުވި ޚަބަރަކަށް ނުވިއެވެ. ސަބަބަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންވެސް އެއްފަހަރަށްވުރެ ގިނަފަހަރު ޢާއިލާއަށް ފިލައިގެން އުޅުމާއި ވީ ނުވީއެއް ނޭނގިގެން ޢާއިލާއިން ބައެއް މީހުން ހޯދުމާއި އުޅޭތަނެއް ނާންގާ އުޅޭއިރުވެސް ޢާއިލާއިން ކަންބޮޑު ނުވުންފަދަ ކަންކަން ހިނގުން ޢާއްމު ވަމުން އަންނާތީއެވެ. ހަމަ މިބީދައިން މިނިވަން ނޫހުގެ read more…
ރިޟުވާން މައްސަލައިގައި ހުޅުމާލެއިން ވަޅިއެއް ފެނުނުތޯ ސުވާލުކުރުމުން ޖަވާބެއް ނުދިން
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟުވާން ޢަބްދުﷲ 28، ގެއްލުނުރޭ ހުޅުމާލެއިން ވަޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތޯ ސުވާލުކުރުމުން ފުލުހުން އެ މައުލޫމާތުދޭން ދެކޮޅު ހަދައިފި އެވެ. ރިޟްވާން ގެއްލުނުރޭ ކަމަށްވާ އޮގަސްޓް 7 ވަނަ ދުވަހުގެރޭ ރިޟްވާން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއަ މަންޒަރު ފެނުނު ކަމަށް ދެމީހަކާއި ހަވާލާދީ މިނިވަން ނޫހުން ވަނީ ބުނެފައެވެ. ގަދަކަމުން read more…
ރައްޔިތުންނަަށް އަމާން މާހައުލެއް އޮތް ކަމަށް ބުނި ނަމަވެސް ގަބޫލެއް ނުކުރެވޭ – މެންބަރުން
ރާއްޖޭގެ ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް އޮތް ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވި ނަމަވެސް އެފަދަ މާހައުލެއް މިއަދު ރާއްޖޭގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މިއަދުގެ ޖަލްސާގައި ވިދާޅުވެއްޖެ އެވެ. މެންބަރުން މިހެން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން 28، ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެމްޑީޕީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި read more…
ހުޅުމާލޭން މީހަކު ވަގަށް ނެގި ކަމަށް ބުނާ ވާހަކައަށް ޕޮލިހުން ޖަވާބެއް ނުދޭ!
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުނު ރޭ ދަންވަރު، އޭނާ ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރީގައި ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ދެ މީހަކަށް ފެނިފައިވާ ކަމަށް ބުނެ، އެ ނޫހުން ރޭ ޝާއިއުކޮށްފައިވާ ލިޔުމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ހާމަކުރުމަށް ފުލުހުން ދެކޮޅު ހަދައިފި އެވެ. އުމަރުން 28 އަހަރުގެ ނޫސްވެރިޔާ، މި މަހުގެ ހަތް ވަނަ ދުވަހު ގެއްލިފައިވާއިރު، read more…
ރިލްވާނަށް ވީ ގޮތެއް ނޭނގޭތީ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފި
މި މަހުގެ 7 ވަނަ ދުވަހުގެ ރެއިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ އަށް ވީ ގޮތެއް ނޭނގޭތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން މި ކަމާ މެދު ކަންބޮޑުވުން ފާޅުކުރެއްވީ، ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުން ވާނުވާ ނޭނގޭ ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބަހުސްކުރައްވަމުންނެވެ. މި read more…