#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
News
ހުޅުމާލޭން “ވަގަށް ނެގީ” ރިލްވާންތަ؟
August 23, 2014
އެއީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު ދޭއް ޖަހާކަން ހާއިރެވެ. ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓްގެ ސިޓިން ރޫމުގައި ހުއްޓައި، ކުއްލިއަކަށް އާދަޔާ ހިލާފު ގޮތަކަށް މީހަކު ހަޅޭއްލަވާ އަޑުއިވެން ފެށުމުން ބޭރު ބަލާލި އެވެ. ފެނުނީ ވެސް އާދަޔާ ހިލާފު މަންޒަރެކެވެ. މީހަކު ގަދަކަމުން ކާރަކަށް އަރުވަމުން ދިޔަ މަންޒަރެވެ. އެ މަންޒަރު ފެނުނު މީހާ ފުލުހުންނަށް ވަގުތުން ރިޕޯޓްކުރި އެވެ. ފުލުހުން އެތަނަށް read more…
ރިޟްވާނާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް 50،000ރ. ދޭން އާއިލާއިން ނިންމައިފި
ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާނާ ބެހޭ މައުލޫމާތެއް ދޭ ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް އޭނާގެ އާއިލާއިން ނިންމައިފި އެވެ. ‘ސަން’ އަށް މައުލޫމާތު ދެމުން ރިޟްވާންގެ އެއްބަނޑު އެއްބަފާ ބޭބެ މޫސާ ރިޟްވާން މިއަދު ބުނީ ރިޟްވާން ވީ ތަނަކާ ބެހޭ މައުލޫމާތު ނުވަތަ ރިޟްވާނަށް ވީ ކިހިނެތް ކަން އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ދިން ފަރާތަކަށް 50،000 ރުފިޔާ ދިނުމަށް read more…
ރިލްވާންގެ މައްސަލައިގައި “އައްޑޫ ފްރެންޑްސް” ނުކުންނަނީ!
ގެއްލިފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާންގެ މައްސަލައިގައި ކަން ބޮޑުވުން ފާޅު ކުރުމުގެ ގޮތުން “އައްޑޫ ފްރެންޑްސް” އިން އިންތިޒާމްކޮށްގެން “ރިލްވާން ހޯދުން” މި ނަމުގައި ހިނގާލުމެއް ބާއްވަން ތައްޔާރުވަމުން އެބަދެ އެވެ. އައްޑޫ ފްރެންޑްސް އަކީ އެ އަތޮޅުގެ ޒުވާނުން ތަކެއް އެކުވެގެން ތަފާތު ހަރަކާތްތައް ހިންގަމުންދާ ވޮލަންޓިއާ ގްރޫޕެކެވެ. މީގެ ކުރިން އެ ގްރޫޕުން ވަނީ ގާޒާގެ މައްސަލައިގައި ވެސް އައްޑު އަތޮޅުގައި ރެލީއެއް ބާއްވާ އެވެ. މާދާމާގެ read more…
ރިލްވާން ގެއްލުނު މައްސަލައިގައި ދުންޔާ ކަންބޮޑުވުން ފާޅުކުރައްވައިފި
August 22, 2014
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި އާންމު ކުރެއްވި ބަޔާނެއްގައި ދުންޔާ ވިދާޅުވެފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ރިލްވާން ގެއްލިފައިވާތީ އޭނާ ހޯދުމަށް ކަމާ ގުޅޭ އިދާރާތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ދުންޔާ read more…
#FINDMOYAMEEHAA
I’m wondering just how much To you I really said Concerning all the boys that come Down a road like me Are they enemies or victims Of your society? —-’Ballad of Donald White’, Bob Dylan, From the last post on Rizwan’s Blog Yesterday night, two weeks ago, was the last read more…
ރިލްވާން ގެއްލުމާ ގުޅިގެން ނޫސްވެރިން ހަރަކާތްތަކެއް ހިންގަން ފަށަނީ
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ގެއްލުމަކީ ހުރިހާ ނޫސްވެރިންނަށް ކުރިމަތިވި ބިރުވެރި ކަމަކަށްވާތީ، މި މައްސަލައާ ގުޅިގެން ނޫސްވެރިން ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ. މިކަމާ މަޝްވަރާކުރުމަށްޓަކައި ސިޓީ ހޯލްގައި ރޭ ނޫސްވެރިން ބައްދަލުކޮށް، ކުރާނެ ކަންތައްތަކަކާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ. ރޭގެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކުގައި، އުމުރުން 28 އަހަރުގެ ނޫސްވެރިޔާ ގެއްލުނީ، ތަކުރާރުކޮށް ނޫސްވެރިންނަށް ބިރު ދެއްކުމާއި، ދެމުން ދިޔަ ގެއްލުންތަކަށް ފަހު read more…
ބައްޕާފުޅާ ދެކޮޅަށް ޓްވީޓް ކުރި ނޫސްވެރިޔާގެ މައްސަލައިގައި ދުންޔާ ކަންބޮޑުވޭ!
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުމުގެ ކަންބޮޑުވުން ފާޅު ކުރައްވާ ކަމަށާއި، ރާއްޖޭގެ ނޫސްވެރިންނަށް ފަރުދީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށް ހާރިޖީ ވަޒީރު ދުންޔާ މައުމޫން ގޮވާލައްވައިފި އެވެ. ހާރިޖީ ވުޒާރާގެ ވެބްސައިޓްގައި އިއްޔެ އާންމުކޮށްފައިވާ ބަޔާނެއްގައި ދުންޔާ ވިދާޅުވީ، ނޫސްވެރިންނަށް ދެވޭ ހަމަލާތަކާއި މެދު ކަންބޮޑުވެލައްވާ ކަމަށެވެ. އަދި މިނިވަން މީޑިއާއެއްގެ މަސައްކަތް ކުރެވޭނީ މުޖުތަމައުގެ ހޭލުންތެރިކަމުގެ އިތުރުން read more…
ރިލްވާން ގެއްލުނު މައްސަލާގައި މާލޭގެ ގެއެއް ފާސްކޮށްފި
August 21, 2014
މި މަހުގެ ހަތްވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ ދަށުން މާލޭގެ ގެއެއް މިރޭ ފުލުހުން ފާސްކޮށްފި އެވެ. އެހެން ނަމަވެސް “ތަނެއް ފާސްކުރި” ކަމަށް ބުނުން ފިޔަވައި އޭގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާ އަށް ހާމައެއް ނުކުރެ އެވެ. އެނގިފައިވާ ގޮތުގައި ފުލުހުން ވަދެ ފާސްކުރީ މައްޗަންގޮޅީގައި read more…
ގެއްލިފައިވާ ރިލްވާން މާލޭގެ ގެއެއްގައި ހުރިކަމުގެ މައުލޫމާތެއް ލިބިގެން އެގެ ފާސްކޮށްފި
ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ މ ޝައިނިންގސްޓާރ އަހުމަދު ރިލްވާން ޢަބްދުﷲ މާލޭގެ ގެއެއްގައި ހުރިކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެގެ ބަލައި ފާސްކޮށްފި ކަމުގެ މައުލޫމާތު ރާޢްޖެ އެމްވީއަށް ލިބިއްޖެއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ މއ ބުލުްބުލާގެ އެވެ. ނަމަވެސް އެގެއިން އެފަދަ އެއްވެސް ކަމެއް ފެނިފައި ނުވާކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަކު read more…
ރިލްވާން ގެއްލުނު މައްސަލަ ސިޔާސީ ނުކުރުމަށް ފުލުހުން އެދެފި
މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން، ކަށަވަރުނުކުރެވޭ ތަފާތު ވާހަކަތައް ފަތުރައި އެ މައްސަލަ ސިޔާސީ ނުކުރުމަށް ފުލުހުން މިއަދު އެދެފި އެވެ. ރިލްވާން ގެއްލުނު މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެ ތަހުގީގު ކުރިއަށް ގެންދަނިކޮށް، އެހެން މައްސަލަތަކެކޭ އެއްގޮތަށް މި މައްސަލަ ވެސް read more…