#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
News
ރިލްވާން ހޯދުމަށް ކެނޑިނޭޅި މިދަނީ މަސައްކަތް ކުރަމުން: ފުލުހުން
August 24, 2014
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ގެންދާ މިނިވަން ނިއުސްގެ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް ކެނޑިނޭޅު ހުއްޓުމެއްނެތި މަސައްކަތް ކުރަމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުންބުނީ ރިލްވާން ގެއްލިފައިވާކަން ފުލުހުންނަށް ހުށައެޅީ 13 އޮގަސްޓް ވަނަ ދުވަހު 13:15 ހާއިރު ކަމުގައެވެ. ރިޟްވާން ހޯދުމަށް މިހާތަނަށް ހުޅުމާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ސިނާޢީ މަސައްކަތްތައް ކުރާ ސަރަހައްދުތަކުގެ އިތުރުން މީހުން ދިރި ނޫޅޭ ސަރަހައްދުތައްވެސް އެއްކޮށް read more…
ރިލްވާން ހޯދަން ގެސްޓު ހައުސްތަކާއި އުޅަނދުތަކާއި ރަށްތައް ވެސް މި އަންނަނީ ބަލަމުން: ފުލުހުން
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ހޯދުމަށް ގެސްޓު ހައުސްތަކާއި ބައެއް އުޅަނދުތަކާއި ރަށްތައް ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ރިލްވާން ހޯދަން ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޭނާ ހޯދަން ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. read more…
ރިލްވާން ހޯދަން “އައްޑޫ ފްރެންޑްސް”
August 23, 2014
ރިލްވާން ވީތަނެއް ފުލުހުންނަށް މިހާރު ނޭގޭނެ ކަމަށް ގަބޫލު ކުރަން ދައްޗެވެ!
ރާއްޖޭގައި ޖިނާއީ ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ ފަރާތަކީ މޯލްޑިވްސް ޕޮލިސް ސާރވިސް އެވެ. ރާއްޖޭގެ ފުލުހުންނަކީ ތަހުގީގުތަކުގައި އާދައިގެ ބައެކޭ ދެންނެވޭކަށް ނެތެވެ. ތަފާތު މައްސަލަތަކުގައި ބޮޑެތި ކުރިއެރުންތައް ހޯދާފައި އެބަހުއްޓެވެ. ޚާއްޞަކޮށް ފުލުހުންގެ ތަހުގީގް ޓީމާއި އޭގެތެރޭގައި ހިމެނޭ އިންޓެލިޖެންސް ޓީމާއި ފޮރެންސިކް ޓީމަކީވެސް ކަމުގެ ތަޖުރިބާއާއި އިލްމާއި ހުނަރު ލިބިތިބި ގާބިލް ބައެކެވެ. މިބީދައިން ރާއްޖޭގައި ހިނގާ ބޮޑެތި ކަންތައްތަކުގައި ފުލުހުންގެ ބަހަކަށް ވެފައި އޮންނަނީ read more…
Rilwan’s abduction is a threat to all, says Maldives media
Maldivian journalists have expressed grave concern over the disappearance of Minivan News journalist Ahmed Rilwan Abdulla and called for an end to intimidation of the press. In an unprecedented joint statement on Saturday, media outlets expressed solidarity and said Rilwan’s abduction is threat to all of Maldives. “Abduction and disappearance read more…
ބިރު ދައްކައި، ހަމަލާތައް ދިނަސް ފަހަތަކަށް ނުޖެހޭނަން: މީޑިއާތައް
ނޫސްވެރިންނަށް ބިރު ދައްކައި، ހަމަލާދިނަސް ފަހަތަށް ނުޖެހޭނެ ކަމަށާއި ނޫސްވެރިންގެ ހައްގު ހޯދަން ކުރަންޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް ރާއްޖޭގެ މީޑިއާތަކުން ބުނެފި އެވެ. މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން މިއަދު ނެރެފައިވާ ބަޔާނެއްގައިވަނީ ހައްދު ފަހަނަ އަޅާފައިވާ ފިކުރުތަކާއި ގްރޫޕްތަކުގެ ނުރައްކާ ކުރިމަތިވިޔަސް ނޫސްވެރިން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އަދި read more…
ބިރު ދެއްކިޔަސް ދިވެހި ނޫސްވެރިން ފަހަތަށް ނުޖެހޭނެ: ނޫސްވެރިން
ދިވެހި ނޫސްވެރިން ތިބީ ދޭ އިންޒާރާއި ދައަކާ ބިރަށް ފަހަތަށް ޖެހި، ގަލަން ދޫކޮށްލާ ގޮތަކަށް ނޫން ކަމަށް ރާއްޖޭގެ މިޑިއާ އިދާރާތަކާއި ނޫސްވެރިން ބުނެފި އެވެ. ނޫސްރިން މިހެން ބުނެފައިވަނީ، މިނިވަން ނިއުސްގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން އަބްދުﷲ ގެއްލުމާއި ގުޅިގެން، ރާއްޖޭގެ ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނަށް ހުރި ނުރައްކަލާއި ބިރުވެރިކަން ފާހަގަކޮށް ރާއްޖޭގެ މީޑިއާގެ ހުރިހާ އިދާރާއެއް ގުޅިގެން ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. އެ ބަޔާނުގައި ރާއްޖޭގެ read more…
MVR50,000 offered for information leading to Rilwan’s return
The family of journalist Ahmed Rilwan Abdulla have offered a reward of MVR50,000 (US$3,240) for information leading to the successful return of the 28-year-old, missing for 15 days. “We feel that this investigation is very slow compared to the seriousness of the problem,” explained Rilwan’s brother, Moosa. “And the government read more…
ރިލްވާންގެ މައުލޫމާތު ދޭ ފަރާތަކަށް ބައިލައްކަ ރުފިޔާ
ގެއްލިގެން ހޯދަމުންދާ “މިނިވަން ނިއުސް” ގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއާއި ގުޅޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތަކަށް ބައިލައްކަ ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ. “ވީ އޮންލައިން” އާއި މިއަދު ވާހަކަ ދައްކަމުން ރިލްވާމްގެ އެއްބަނޑު އެއްބަފާ ބޭބެ މޫސާ ރިލްވާން ބުނީ ރިލްވާން އާއި ގުޅޭ އެއްވެސް މައުލޫމާތެއްދީ އޭގެ އެއްވެސް ކުރިއެރުމެއް ފުލުހުންނަށް ލިބޭ ނަމަ އެ ފަރާތަކަށް ބައިލައްކަ ރުފިޔާގެ read more…
ރިލްވާނާ ބެހޭ މައުލޫމާތު ދޭ ފަރާތަކަށް 50،000ރ. ހުށަހަޅައިފި
މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲއާ ބެހޭ ސައްހަ މައުލޫމާތެއް ހިއްސާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 50،000ރ. ދޭން އޭނާގެ އާއިލާ އިން ނިންމައިފި އެވެ. “މޮޔަމީހާ”ގެ ނަމުން ޝޯޝަލް މީޑިއާގައި މަޝްހޫރު ވެފައިވާ އުމުރުން 28 އަހަރުގެ ރިލްވާންގެ އެއްބަނޑު އެއްބަފާ ބޭބެ، މޫސާ ރިލްވާން މިއަދު ބުނި ގޮތުގައި އޭނާގެ ކޮއްކޮއާ ބެހޭ read more…