#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
News
ރިލްވާން މަންމަގެ އާދޭސް: “ހެޔޮނުވާނެ، އަހަރެންގެ ދަރިފުޅު ހޯދައިދީ”
August 25, 2014
“ތިހެން ނުހައްދަވާ، އަޅުގަނޑުމެންނަށް މިކަންތައް ކޮށްދެއްވާ! ހެޔޮ ނުވާނެ، އެ ކުއްޖާ ވީތަނެއް އެނގެނީކީއެއް ނޫން. ދުނިޔޭގައި ހުރި ކަމެއް އެނގެނީކީއެއް ނޫން. މަރާލީ ނޫން ކަމެއް ވެސް އެނގެނީކީއެއް ނޫން. ކޮންމެވެސް ހިތްހަމަޖެހޭ އެއްޗެއް އަޅުގަނޑުމެންނަށް ..ބުނެދީބަލަ! ހެޔޮނުވާނެ، އާދޭސްކޮށްފައި އަޅުގަނޑު މި ދަންނަވަނީ،” ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ އައިމިނަތު އީސާ ރޮމުން ފުލުހުންގެ ގާތު މިއަދު އާދޭސްކުރަމުން ދިޔަ އެވެ. ރިލްވާން، 28، ގެއްލުނުތާ read more…
ރިލްވާން ހޯދުމަށް އޭނާގެ އާއިލާއިން މަޖިލީހުގެ އެހީތެރިކަމަށް އެދިއްޖެ
ގެއްލިގެން ހޯދަމުންދާ އަހްމަދު ރިލްވާން ހޯދުމަށް މަޖިލީހުގެ ތެރެއިން އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށާއި މިމައްސަލައިގައި ހަގީގަތް އޮޅުން ފިލުއްވައިދިނުމަށް އެދި އޭނާގެ އާއިލާ އިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ކިބައިން އެދިވަޑައިގެންފި އެވެ. ރިލްވާންގެ އާއިލާއިން މިކަމަށް އެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މިއަދު އެ އާއިލާގެ ފަރާތުން ރިލްވާންގެ މަންމަ ފޮނުވި ސިޓީއެއްގަ އެވެ. ރިލްވާންގެ އާއިލާ އިން ބޭނުންވީ މި read more…
ރިލްވާން ހޯދައިދިނުމަށް އާއިލާ އިން މަޖިލީހުގައި އެދިއްޖެ
މީގެ 17 ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނިއުސްގެ ޖާނަލިސްޓު އަހުމަދު ރިލްވާން ހޯދައިދިނުމަށް އެދި އާއިލާ އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ސިޓީއެއް ހުށަހަޅައިފި އެވެ. އެ ސިޓީ ހުށަހެޅުމަށް މިއަދު ރިލްވާންގެ މަންމަ އައިމިނަތު އީސާ، 67، އާއި އާއިލާގެ އެހެން މެމްބަރުންނާއި ހެޔޮއެދޭ ބައެއް ފަރާތްތަކުން ވަނީ މަޖިލިސް އިދާރާ ކައިރިއަށް އެއްވެފަ އެވެ. ރިލްވާން ހޯދައިދިނުމަށް އެދި ޝުއޫރުފާޅުކޮށްފައިވާ ލިޔުންތަކާ އެކު read more…
ރިޟްވާނުގެ އާއިލާއި ރަހުމަތްތެރިން މަޖިލިސް ދޮށަށް އެއްެވެ ޝުއޫރު ފާޅުކޮށްފި
ވީނުވީއެއް ނޭގި މިމަހު 8 ވަނަ ދުވަހުން ފެށިގެން ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިއާ އަބްދުﷲ ރިޟްވާންގެ އާއިލާއާއި، އޭނާގެ ރަހުމަތްތެރިން ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެ ޝުއޫރު ފާޅުކޮށްފައެވެ. މަޖިލިސް ދޮށަށް އެއްވި މީހުން ގޮވައިލައިފައިވަނީ ރިޟުވާން ހޯދުމުގައި ފުލުހުން ޖަވާބު ދާރީ ކުރުވަން މަޖިލީހަށް ޖެހޭނެކަމަށެވެ. އަދި އޭނާ ގެއްލުނުތާ 17 ދުވަސް ހިންގާފައިވާއިރު، އެކަމުގެ ބިރުވެރިކަމާއި ނުތަނަވަސްކަން އޭނާގެ އާއިލާ، ރަހުމަތްތެރިންނާއި، އާންމު ރައްޔިތުންގެ މެދުގައި read more…
ރިޟްވާން ގެއްލުނު މައްސަލައިގައި އާއިލާއިން މަޖިލިސް ކައިރިއަށް އެއްވެ ޝުއޫރުފާޅުކޮށްފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން 28، ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި ރިޟްވާންގެ އާއިލާގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރިއަށް އެއްވެ ޝުއޫރުފާޅުކޮށްފި އެވެ. މިއަދު ހެނދުނު 10:30 ހާއިރު މަޖިލިސް ކައިރިއަށް އެއްވެ، ޝުއޫރުފާޅުކުރި މީހުންގެ ތެރޭގައި ރިޟްވާން އާއިލާގެ ބައެއް މީހުންގެ އިތުރުން ރައްޓެހިންނާއި ހެޔޮ އެދޭ ފަރާތްތަކުން ހިމެނެ އެވެ. ރިޟްވާން ގެއްލުނު މައްސަލައިގައި މަޖިލިސް ކައިރިއަށް މިއަދު އެއްވި މީހަކު read more…
ރިލްވާންގެ އާއިލާގެ ވާހަކަ: ކުޑަބޭބެ އަވަހަށް އާދޭ!
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާގެ އެކި މެންބަރުން އިލްތިމާސްގެ ގޮތުގައި މިއަދު ވީޑިއޯއެއް އާންމު ކުރި އިރު އެއާއިލާގެ ބައެއް ތުއްތު ކުދިން ވެސް ވަނީ ވާހަކަ ދައްކާފަ އެވެ. އޭގެ ތެރެއިން އެއްކުއްޖަކު ބުނެ އެވެ؛ “ޕްލީޒް ކަމް ކުޑަ ކުޑަ ބޭބޭ…. ބޯޅަ އާއި ޑްރަމް ކުޅެން އާދެބަލަ،! ރިލްވާންގެ އާއިލާއަށް ނިސްބަތްވާ ކުދިން ގޮވާލުމަކީ ގެއްލިފައިވާ އެ ކުދިންގެ ބޭބޭ ގަދަވެ ސަލާމަތުން އަވަހާ read more…
އަޑި ނޭނގޭ ޖަރީމާތަކުން ހާސްކަން ބޮޑުވަނީ!
ޑރ. އަފްރާޝީމް އަލީގެ ފުރާނަ ހަތަރު ލައްކަ ރުފިޔާ އިން އަގުކުރީ ސިޔާސީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ ކިރިޔާ މަރާނުލި އެތިފަހަރެއްގައި ހިލްއަތު ރަޝީދުގެ ކަރަށް ވަޅި ހެރީ ކޮން ބައެއް ހެއްޔެވެ؟ އަލްހާން ފަހުމީގެ ބުރަކައްޓަށް ހަމަލާދީ އެއް ފައިގެ ވާގި ދުއްވާލީ ކޮން މަގްސަދެއް ހާސިލްކުރަން ހެއްޔެވެ؟ ފަހުގެ ތާރީޚެއްގައި ދިވެހިންނަށް ކުރިމަތިވި މި ބާވަތުގެ އެންމެ ހައި ޕްރޮފައިލް ހާދިސާތަކުގެ އަޑިއެއް ނޭނގެ އެވެ. ވޭތުވެދިޔަ read more…
ރިލްވާންގެ މައްސަލައިގައި މަގުމައްޗައް ނުކުމެ ހައްޔަރުވާން ތައްޔާރު: ނަޝީދު
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލާގައި އިންސާފު ލިބެންދެން އިހްތިޖާޖް ކޮށް، ހައްޔަރުވާން ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރިލްވާން ހޯދަން އަޑުއުފުލުމަށް މަގުމައްޗަށް ނުކުންނަން ތައްޔާރަށް ހުންނެވި ކަމަށާއި ރިލްވާން “ވަގަށް ނެގި” ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ދެން އިހްތިޖާޖް ކޮށް، ފުލުހުންގެ ހައްޔަރަށް ވަޑައިގެންނެވުމަށް ވެސް ތައްޔާރަށް read more…
އިންޒާރުގެ މެސެޖްތައް ދެނެގަތުމަށް ފުލުހުން އުރީދޫއަށް
ފަހަކަށް އައިސް އެކި މީހުންގެ ފޯނުތަކަށް ފޮނުވާ އިންޒާރުގެ މެސެޖްތައް ފޮނުވާ ފަރާތްތައް ދެނެގަތުމަށް ފުލުހުން ކުރާ މަސައްކަތުގައި މުއާސަލަތީ ކުންފުނި އުރީދޫގެ އިސް ފަރާތްތަކާ ބައްދަލުކޮށްފި އެވެ. ފުލުސް އޮފީހުން ބުނީ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދާއެކު ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް އެކި ފަރާތްތަކުން ފޮނުވަމުންދާ މެސެޖްތައް ފޮނުވާ ފަރާތްތައް މިހާރަށް ވުރެ ފަސޭހައިން ދެނެގަނެ، އެފަދަ ކަންކަން ހުއްޓުވުމާއި ގުޅޭގޮތުން ދެ read more…
ރިލްވާން ފެންނަންދެން މުޒާހަރާކޮށް ޖަލަށް ދާންވެސް ތައްޔާރު: ނަޝީދު
August 24, 2014
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ފެންނަން ދެން މުޒާހަރާކޮށް، ޖަލަށް ދާން ވެސް ތައްޔާރަށް ހުންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރިލްވާން ފެންނަން ދެން ނުވަތަ އެކަމަށް ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެވެންދެން މުޒާހަރާކޮށް ޖަލަށް ދާން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ. ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި read more…