#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
News
ފުލުހުން ގާނޫނީ ވާޖިބު އަދާކުރަން ރިލްވާންގެ އާއިލާ އެދެފި
August 30, 2014
ގެއްލިފައިވާ އަހުމަދު ރިލްވާންގެ މައްސަލައިގައި ފުލުހުންގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް އޭނާގެ އާއިލާ އިން ގޮވާލައިފި އެވެ. އާއިލާ އިން މިގޮތަށް ގޮވާލާފައި ވަނީ ގަދަކަމުން ގެއްލުވާލާފައިވާ މީހުންނާބެހޭ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި އެ އާއިލާއިން ނެރުނު ބަޔާނެއް މެދުވެރިކޮށެވެ. މި ބަޔާނުގައި ރިލްވާން ގެއްލުނުތާ 22 ދުވަސްވެފައިވާ ކަމަށާއި “މިދިޔަ 22 ދުވަހުގެ އިންސާފު” ރިލްވާނަށް ލިބެންވާނެ ކަމަށް ބުނެ އެވެ. އަދި މިފަދަ އިތުރު ހާދިސާތައް read more…
ރިލްވާންގެ ތަހުގީގުގެ މައުލޫމާތު ޕީއައިސީއާ ހިއްސާކޮށްފި
ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން އަބްދުﷲ ހޯދުމަށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ މަސައްކަތްތަކާއި މައުލޫމާތުތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) ގެ މެންބަރުންނާއި ފުލުހުން ހިއްސާ ކުރައްވައިފި އެވެ. މި މައުލޫމާތު ހިއްސާ ކުރެއްވީ މިއަދު ޕީއައިސީގެ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ. މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ރިލްވާން ހޯދުމަށް މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށާއި ތަހުގީގުގައި އާންމު ރައްޔިތުންގެ އެއްބާރުލުން read more…
ރިލްވާން ގެއްލި، ހުޅުމާލޭގެ އަނދިރި މާހައުލު ބިރުވެރިވެފައި!
ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮތް މިރަށުގެ ރޭގަނޑުގެ މާހައުލަށް ފަތުރާލާފައި އޮންނަ ހަމަހިމޭންކަން ބޮޑުވެގެންދަނީ ރޭގަނޑު މުޅި ރަށުގެ މައްޗަށް ވެރިވެގަނެގެން އޮންނަ އަނދިރިކަމޭ ބުނެވިދާނެ އެވެ. ރަށަށް އަރައިގެންދާއިރު ފެންނަ ސަރާސަރު ބޮޑު މައި މަގަށް ބަލައިމުން އެކަނި ވެސް އެކަން ވަޒަންކޮށްލެވެ އެވެ. އެ އަނދިރި ކަމަކީ އެ ރަށުގައި ދިރިއުޅޭ މީހުން ހާސް ކުރުވާ ކަމަކަށް ވެއެވެ. ނަމަވެސް އެ ހާސްކަމުގެ ތެރެއިން މިހާރު read more…
ރިލްވާން ގެއްލުނު މައްސަލާގައި ޕެޓިޝަނެއް ތައްޔާރުކުރަނީ
August 29, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، 28، ގެއްލުނު މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ސާފުކުރުމަށް އެދި ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ. ރިލްވާންގެ އާއިލާ އާއި އޭނާގެ އެކުވެރިން އިސްނަގައިގެން ތައްޔާރުކުރާ މި ޕެޓިޝަންގައި ސޮއިކުރަން ފެށީ މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. ރިލްވާންގެ މަންމަ އާއި ތިމާގެ މީހުން އަދި އޭނާގެ އެކުވެރިން ބައިވެރިވި މި ހަރަކާތުގައި، އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު read more…
RILWAN – DISAPPEARANCE OF A YOUNG MALDIVIAN STORYTELLER
It has been 21 days since Ahmed Rilwan Abdulla, 28, a Maldivian journalist working for online news outlet Minivan News was last seen. Around 2am on 8th August, Rilwan’s neighbours in Hulhumalé reported seeing a man being forced into a car with his mouth covered. A knife was uncovered at read more…
ރިލްވާން މައްސަލާގައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އޭނާ ހޯދަން ކުރާ މަސައްކަތުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަކޮށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ. ރިލްވާންގެ އާއިލާ އާއި ބައެއް ނޫސްވެރިންނާއި އާންމުން އިސްވެތިބެ، ތައްޔާކުރާ ޕެޓިޝަންގައި ރިލްވާންގެ މައްސަލައިގައި އޭނާ ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި ބަލައި ގަނެވޭ އަދި އެކަށީގެންވާ ހޯދުންތަކެއް ހޯދައި މަސައްކަތްތަކެއް ކޮށްފައި ނުވާކަން ފާހަގަކޮށް ބައެއް ސުވާލު އުފައްދާ ފައިވެ އެވެ. އަދި read more…
ރިލްވާންގެ މައްސަލާގައި ސީޕީ ކޮމިޓީއަށް ހާޒިރުކޮށްފި
August 28, 2014
މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލާގައި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މިރޭ ހާޒިރުކޮށްފި އެވެ. މިރޭ 7:30 ގައި ބޭއްވި އެ ކޮމިޓީ އަށް ޕޮލިސް ކޮމިޝަނަރުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބު ވެސް ހާޒިރުކުރި އެވެ. ނަމަވެސް ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. read more…
ރިލުވާން ގެއްލުނު މައްސަލައިގައި 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގައިފިން: ޕޮލިސް
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ހޯދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް އެބަދާ ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި މިހާތަނަށް ދުއިސައްތައެއްހާ މީހުންނާ ސުވާލުކޮށް 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނެއްގައި ބުނީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ގެއްލިފައިވާ ރިލުވާން، 28، ހޯދުމުގެ ތަހުގީގުގައި 198 މީހަކާ ސުވާލުކުރި އިރު read more…
ރިލްވާން މައްސަލައިގައި 198 މީހަކާ ސުވާލުކޮށް 80 އަށްވުރެ ގިނަ ބަޔާން ނަގައި ތިން ކާރެއް ފާސްކޮށްފި
ވީނުވީތަނެއް ނޭނގި ގެއްލިފައިވާ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށާއި އޭނާގެ ތަޙުޤީޤުގެ މިހާތަނަށް 198 މީހަކާ ސުވާލުކޮށް 80 އަށްވުރެ ގިނަ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި މަސައްކަތުގައި ހުޅުމާލޭގައި ރިލްވާނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކޮށްފައިވާ ކަމަށާއި ރިލްވާން ހޯދުމަށާއި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި read more…
ރިލްވާން މައްސަލާގައި ސީޕީއާ ސުވާލުކުރާ ކޮމިޓީ ސިއްރުކޮއްފި
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމުގެ މަސައްކަތުގެ ތަހުގީގާ ގުޅޭ މައުލޫމާތު ސާފުކުރަން ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ހާޒިރުކޮށް ސުވާލު ކުރަން މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީ ސިއްރުކޮށްފި އެވެ. އެގާރަ މެމްބަރުން ހިމެނި ވަޑައިގަންނަވާ އެ ކޮމިޓީގެ ބައްދަލުވުން މިރޭ 7:30 އަށް ސެޑިއުކޮށްފައި އޮތް އިރު ކޮމެޓީ އަޑު އެހުމަށް ނޫސްވެރިން ދިއުމުން މަޖިލީހުން ވަނީ ކޮމެޓީ ސިއްރުކޮށްފައިވާ ކަމަށް read more…