#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
ރިލްވާން ގެއްލުނު މައްސަލާގައި ފުލުހުން ކާރެއް ހިފަހައްޓައިފި
August 27, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލިފައިވާ މައްސަލަޔާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ރިލްވާން ގެއްލުނު ރޭ، އޭނާ ދިރިއުޅެމުން ދިޔަ ފްލެޓް ކުރިމަތިން ގަދަކަމުން މީހަކު ކާރަކަށް އެރުވި މަންޒަރު އެހެން ފްލެޓެއްގައި ދިރިއުޅުނު މީހަކަށް ވަނީ ފެނިފަ އެވެ. އަދި އެ ރޭ އެކަން ފުލުހުންނަށް ވަނީ ރިޕޯޓް ވެސް ކޮށްފަ އެވެ. ރިލްވާން ގެއްލުމާ read more…
ރިލްވާން އެންމެ ފަހުން ފެނުނީ ހުޅުމާލެ އަށް ފައިބަނިކޮށް: ޕޮލިސް
August 15, 2014
ގެއްލިގެން ހޯދަމުން އަންނަ “މިނިވަން ނިއުސް”ގެ ޖާނަލިސްޓް، މ. ޝައިނިން ސްޓާ، އަހުމަދު ރިލްވާން އަބްދުﷲ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ އަށް ފައިބަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. ރިލްވާންގެ އާއިލާ އިން ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެން އެކަނި ދިރިއުޅޭ ރިލްވާނާ އެންމެ ފަހުން ބައްދަލުވީ ބުރާސްފަތި ދުވަހުގެ ރޭ 10:00 ހާއިރު މާލެއިންނެވެ. read more…
ރިލްވާން ރާއްޖެ އިން ބޭރަށް ދިޔަކަން އެނގޭކަށް ނެތް: ފުލުހުން
August 14, 2014
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ގެއްލުނު “މިނިވަން ނިއުސް” ގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެ އިން ބޭރަށް ފުރާފައި ނުވާ ކަމަށް ފުލުހުން ބުރާސްފަތި ދުވަހު މިއަދު ބުނެފި އެވެ. ރިލްވާން ގެއްލިފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ކަމަށް އޭނާގެ އާއިލާ އިން ބުނެ އެވެ. މީގެ ކުރިން ޖަޒީރާ އާއި މިއަދު ނޫހުގައި ވެސް މަސައްކަތް ކުރި ރިލްވާނު ހޯދުމަށް read more…