#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
ރިޟްވާން ގެއްލުނު މައްސަލައިގައި 5000 މީހުންގެ ސޮޔާއިއެކު ޕެޓިޝަނެއް މަޖިލީހަށް ހުށަހަޅައިފި
September 4, 2014
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ގެއްލުނު މައްސަލައިގައި 5000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއިއެކު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް މިއަދު ހުށަހަޅައިފި އެވެ. އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި ޕެޓިޝަން ހުށަހެޅީ ރިޟްވާންގެ އާއިލާގެ ފަރާތުން މިއަދު ހެނދުނުގެ ވަގުތެއްގައި އެވެ. މި ޕެޓިޝަން ހުށަހަޅާފައިވަނީ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށެވެ. ޕެޓިޝަން ހަވާލުކުރުމަށްފަހު ރިޟްވާންގެ އާއިލާއިން ބުނީ ދައުލަތުގެ ކަމާބެހޭ އެއްވެސް read more…
5،000 މީހުންގެ ސޮޔާއެކު ރިލްވާންގެ ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، 28، ގެއްލުނު މައްސަލާގައި ފުލުހުން ޒިންމާދާރު ކުރުމަށް އެދި، 5،000 މީހުންގެ ސޮޔާއެކު ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. ރިލްވާންގެ އާއިލާ އާއި ރަހްމަތްތެރިން އިސް ނަގައިގެން ތައްޔާރުކުރި މި ޕެޓިޝަންގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހާއި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސޮއި ކުރެއްވި އެވެ. މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް read more…
ކޮމިޓީން ރިލްވާންގެ މައްސަލަ ބޭރުކޮށްލުމާ ބެހޭ އިންޓަރވިއު
ނޫސްވެރިޔާ ރިލްވާންގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބޭރުކޮށްލައިފިއެވެ. އެމްޑީޕީން ހުށަހެޅި މި މައްސަލަ ކޮމެޓީން ބޭރުކޮށްލީ ސަރުކާރަށް ނިސްބަތްވާ ޕީޕީއެމް މެންބަރުން ވޯޓު ދީގެންނެވެ. ރިލްވާން ގެއްލުމާއި ގުޅިގެން އެމްޑީޕީން ހުށަހެޅި މައްސަލަ ބެލުމަށް މިރޭ ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދިއައީ ސިއްރު ކޮމެޓީ އެއް ގޮތުގައި، މީޑިއާ ނުވައްދައެވެ.
ނޫސްވެރިޔާ ރިލްވާން ހުރީ ރަހީނުކޮށްފައި: ނަޝީދު
ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ހުރީ ރަހީނުކުރެވިފައި ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ. ނަޝީދުގެ ޓްވީޓުގައި ވިދާޅުވީ ރަހީނުކޮށްފައިވާ ނޫސްވެރިޔާއާ ގުޅޭގޮތުން ރައީސް އަބްދުﷲ ޔާމިން ބަސްފުޅެއް ވިދާޅުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިމައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ މިންވަރު އޮޅުންފިލުއްވައިދެއްވުމަށް ވެސް ނަޝީދު ވަނީ read more…
ރިލްވާންގެ މައްސަލާގައި 5000 މީހުން ސޮއިކުރި ޕެޓިޝަން ހުށަހަޅައިފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި އާންމުން ތައްޔާރުކުރި ޕެޓިޝަނެއް އޭނާގެ އާއިލާގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހަޅައިފި އެެވެ. މި ޕެޓިޝަން ގައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުވުމަށްޓަކައި ރިލްވާންގެ އާއިލާގެ ފަރާތުން މަޖިލީހުގެ އިދާރާގެ ރިސެޕްޝަނާ މި ޕެޓިޝަން ހަވާލުކުރީ މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީގެ ހާޒިރުގައި މިއަދު ހެނދުނު 9:15 އެހާއިރު އެވެ. ޕެޓިޝަން read more…
ފެރީ ގިމަތަތަކުގައި ކެމެރާ ހަރު ކުރަން ފަށައިފި
މާލެއާއި ހުޅުމާލެ އާއި ވިލިމާލެ އާއި މާލެ އާ ދެމެދު ދަތުރުކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށް ފިޔަވަޅު އެޅުމުގެ ގޮތުން ފެރީ ގިމަތަތަކުގައި ސީސީޓީވީ ކެމެރާ ހަރު ކުރަން ފަށައިފި އެވެ. ފުލުހުން ބުނީ ފެރީން އެ ދެރަށަށް އަދި އެ ދެރަށުން މާލެ އަށް ދަތުރުކުރާ ފަރާތްތަކުގެ ޙަރަކާތްތައް ބެލޭނެ ގޮތް ހަދަން ފެށި މަސައްކަތުގައި ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ދަތުރުވެރިން ބޭނުންކުރާ ފެރީ ގިމަތާގައި ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ read more…
ރިލްވާން ހޯދުން ދިގުލާތީ އެމްޑީޕީން ސަރުކާރަށް ސިޓީއެއް ފޮނުވައިފި
September 2, 2014
މިދިޔަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ގެއްލުނު މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ހޯދުމަށާއި އޭނާގެ ތަހުގީގު ދިގުލައިގެންދާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީގެ ޒުވާނުންގެ ގޮފިން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް މިއަދު ސިޓީއެއް ފޮނުވައިފި އެވެ. އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މުހައްމަދު އަޒްމީލް ވިދާޅުވީ ރިލްވާން ގެއްލުނުތާ 25 ދުވަސްވީ އިރު، އޭނާ އަށް read more…
ރިލްވާން މައްސަލާގައި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ކަންބޮޑުވުން ހިއްސާކޮށްފި
މީގެ 25 ދުވަސް ކުރިން ގެއްލިފައިވާ ނޫސްވެރިޔާ، އަހުމަދު ރިލްވާން ހޯދަން ފުލުހުންގެ ފަރާތުން އެދޭވޭ މަސައްކަތެއް ކުރާތަން ނުފެންނާތީ ކަމަށް ބުނެ އެމްޑީޕީގެ ޒުވާނުންގެ ގޮފިން އިސް ނަަގއިގެން ސަރުކާރުގެ މުއައްސަސާ ތަކަށް ސިޓީއެއް ފޮނުވައިފި އެވެ. އެމްޑީޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކޮށް އެ ޕާޓީގެ “ޒުވާނުންގެ ހިތްވަރު” ގެ ރައީސް މުހަންމަދު އަޒްމީލް ވިދާޅުވީ ސަރުކާރަށް ސިޓީއެއް ފޮނުވަން ޖެހުނީ ރިލްވާން ހޯދަން މަސައްކަތް ކުރާ ކަމަށް read more…
Missing journalist’s mother calls on families of victims of violent crime to unite for justice
September 1, 2014
Missing Minivan News journalist Ahmed Rilwan Abdulla’s mother has urged all families of victims of violent crime to work together to ensure justice. In an emotional letter today, Aminath Easa, 67, appealed to mothers of victims to hold Maldives ailing justice system and law enforcement agencies accountable. A meeting of read more…
އިންސާފު ހޯދަން ތެދުވުމަށް ރިލްވާންގެ އާއިލާ އިން ގޮވާލައިފި
ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން: އިންސާފު ހޯދަން ތެދުވުމަށް ރިލްވާންގެ އާއިލާ އިން ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފައި –ހަވީރު ފައިލް ފޮޓޯ އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް ތެދުވުމަށް، ގެއްލިފައިވާ އަހުމަދު ރިލްވާންގެ އާއިލާ އިން ގޮވާލައި އެކަމާ ބެހޭ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ. މިދިޔަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން read more…
