#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
ރިލްވާންގެ ތަހުގީގަށް ނެގި ސާމްޕަލްތައް ބޭރަށް ފޮނުވަނީ
September 5, 2014
ވީނުވީ ނޭނގި ގެއްލިފައިވާ މިނިވަންނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ހޯދަން ކުރާ މަސައްކަތުގައި ނަގާފައިވާ ބައެއް ސާމްޕަލްތަކުގެ އިތުރަށް ތަހުލީލުތައް ކުރަން ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ. ފުލުހުން ރޭ ބުނީ މި މައްސަލައިގައި ރިލްވާނާ ގުޅުން ހުރިކަމަށް ތަހުގީގަށް ބެލެވޭ އެއްވެސް ނިޝާނެއް ފެނޭތޯ ހުޅުމާލޭގެ ފަޅުތެރެއާއި ހުޅުމާލޭ ކައިރި ސަރަހައްދުތަކުގެ 521 މިނިޓްގެ ޑައިވް ކޮށް 267197.5 އަކަމީޓަރުގެ މޫދުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި read more…
Maldivians say #FindMoyameehaa in search for missing journalist
While Rilwan did not receive threats in the weeks prior to his disappearance, he was considered a target following the stabbing of a secularist blogger in 2012. Musa Rilwan, his brother shared a screenshot with The Stream of what he said was a Facebook post by Bilad al Sham Media, read more…
ރިލްވާނުގެ މައްސަލައިގެ ތަހުގީގަށް ބައެއް ސާމްޕަލްތައް ބޭރަށް ފޮނުވަނީ
September 4, 2014
ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ އަހުމަދު ރިލްވާން މައްސަލައިގެ ތަހުގީގަށް ބޭނުންވާ މާއްދީ ހެކި ހޯދުމަށް ޓަކައި ބައެއް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. މިދިޔަ މަހުގެ އަށް ވަނަ ދުވަހުގެ ރޭ ގެއްލުނު “މިނިވަން ނިއުސް”ގެ ނޫސްވެރިޔާ ރިލްވާން ގެއްލިގެން ހޯދާތާ މަހެއް ވާން ކައިރިވެފައިވާއިރު، އޭނާ ހޯދުމަށް ފުލުހުން ދަނީ އަތްފުނާ އަޅަމުންނެވެ. އެ read more…
މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ އެންމެފަހުގެ މަޢުލޫމާތު
މ. ޝައިނިންގ ސްޓަރ އަހްމަދު ރިޟްވާން ޢަބްދުﷲ (28އ) ވީނުވީތަނެއް ނޭނގި ގެއްލިގެން 2014 އޮގަސްޓް 13 ވަނަ ދުވަހު މިސަރވިސްއަށް ހުށަހެޅުނު މައްސަލަ ތަޙުޤީޤު ކުރުމަށް ފުލުހުންގެ ޚާއްޞަ ޓީމަކުން މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މިގޮތުން މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި ސްޕެޝަލިސްޓް ކްރައިމް ކޮމާންޑްގެ ޚާއްޞަ ތަޙްޤީޤު ޓީމެއް އެކުލަވާލެވިފައެވެ. މީގެއިތުރުން އިންޓެލިޖެންސް ޑިޕާރޓްމަންޓާއި ފޮރެންސިކް ޑިޕާރޓްމަންޓް ހިމެނޭގޮތުން ގިނަ އަދަދެއްގެ ފުލުހުން ޢަމަލީގޮތުން މަސައްކަތްކުރަމުންދެއެވެ. read more…
ރިލްވާންގެ މައްސަލައިގައި ނޫސްވެރިންގެ ކޮމެޓީންގެ މަޖިލީހުގެ ރައީސާ ބައްދަލުކޮށްފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަން ނޫސްވެރިންގެ ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ މިއަދު ބައްދަލުކޮށްފި އެވެ. ރިލްވާންގެ މައްސަލައިގައި އެކި މީޑިއާތައް ގުޅިގެން އެކުލަވާލާފައިވާ ކޮމެޓީން ބުނީ މިއަދު ބޭއްވި އެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދިމާވާ އެކިއެކި ނުރައްކާތައް މަޖިލީހުގެ ރައީސާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ މަޖިލީހަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް read more…
ރިލްވާނުގެ މައްސަލާގައި ދެ މިނިސްޓަރަކާއި ސީޕީ ހާޒިރުކޮށްފި
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، އޯގަސްޓް ހަތް ވަނަ ދުވަހުގެ ރޭ ގެއްލުނު މައްސަލާގައި ދެ މިނިސްޓަރަކާއި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ހާޒިރުކޮށްފި އެވެ. ރިލްވާން ގެއްލުނުތާ 27 ދުވަސްވެފައިވާއިރު، އެ މައްސަލާގައި މައުލޫމާތު ސާފިކުރުމަށް މިއަދު ކޮމިޓީ އަށް ހާޒިރުކުރީ، ސީޕީގެ އިތުރުން ހޯމް މިނސްޓަރު އުމަރު ނަސީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމެވެ. read more…
Family of Rilwan submit petition with 5000 signatures to People’s Majlis
The family of missing journalist Ahmed Rilwan Abdulla have submitted a petition calling for the Majlis’s national security committee to find answers to questions regarding his disappearance 27 days ago. “We have submitted the petition with over 5000 signatures and we hope we will get the support from the members read more…
ރިލްވާންގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން ވެސް ނުބަލަން ނިންމައިފި
ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ގައުމީ ސަލާމަތުގެ ކޮމިޓީން އިތުރަށް ނުބެލުމަށާއި ކޮމިޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ޔައުމިއްޔާތައް ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީއާ ހަވާލުކުރަން ފާސްކޮށްފި އެވެ. ގައުމީ ސަލާމަތުގެ ކޮމިޓީން މިގޮތަށް ނިންމީ 241 ކޮމިޓީން ވެސް ރިލްވާންގެ މައްސަލަ ބަލަމުންދާތީ މިމައްސަލާގައި ގައުމީ ސަލާމަތުގެ ކޮމިޓީން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ޔައުމިއްޔާތައް 241 ކޮމިޓީއާ ހިއްސާކުރުމަށް އެދި read more…
ރިލްވާން ގެއްލުނު މައްސަލައިގައި ސޮއި ކުރި ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި
ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ ރިލުވާން ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަން އެ އާއިލާގެ ފަރާތުން ޕެޓިޝަން ކޮމެޓީއަށް ހުށަހަޅައިފި އެވެ. މި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅާފައިވަނީ މިއަދު 9:15 އެހާކަންހާއިރު ރިލުވާންގެ އާއިލާގެ ފަރާތުން މަޖިލީހުގެ އިދާރާ އަށް ހާޒިރުވެ އެވެ. ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން read more…