#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
ގަދަ ކަމުން ރަތްކުލައިގެ ކާރަކަށް އެރުވީ ރިލްވާންބާ؟
August 17, 2014
މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ބެހޭ އެއްވެސް ،މައުލޫމާތެއް ލިބިފައި ނުވާއިރު ރިލްވާން ގެއްލުނު ދުވަހުގެ ރޭ ދަންވަރު ހުޅުމާލޭގައި ހިނގި ވަރަށް އާދަޔާ ޚިލާފް ޙާދިސާއެއްގެ މައުލޫމާތު ރާއްޖެ އެމްވީއަށް ލިބިއްޖެއެވެ. އެ ހާދިސާ ހިނގަމުން ދިޔައިރު އެތަނާ މާދުރުނޫން ހިސާބެއްގައި ހުރި މަންޒަރު ދުށް މީހަކު ރާއްޖެ އެމްވީއަށް ކިޔައިދިން ގޮތުގައި ރިލްވާން ހުޅުމާލޭގައި read more…
#FindMoyameehaa
Risk assessment in police work especially when it is about public protection is not something police in Maldives is accustomed to. That’s no excuse to the very sloppy job they are doing in investigating the disappearance of Rilwan. Police manuals every where guides to treat a missing person case nothing read more…
ރިލްވާން ފެރީ އަށް އެރިކަމެއް ޔަގީނެއް ނުވޭ: ޕޮލިސް
މި މަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ ފޯންގެ ސިގްނަލް އެންމެ ފަހުން ލިބިފައި ވަނީ މާލޭގެ ސަރަހައްދަކުން ކަމަށާއި އެ ރޭ އޭނާ ހުޅުމާލެ ފެރީ އަށް އެރިކަން އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. މަރުގެ އިންޒާރުތައް ވެސް ލިބިފައިވަނިކޮށް، ގެއްލުނު އުމުރުން 28 އަހަރުގެ ރިލްވާނުގެ ތަހްގީގާ ގުޅޭ ގޮތުން read more…
ރިލްވާން ފެރީ ޓާމިނަލަށް ވަދެފައިވާކަން ކަށަވަރުވެއްޖެ
މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ، ހުޅުމާލެއަށް ދިއުމަށްޓަކައި ޓިކެޓް ގަތުމަށް ފަހު ފެރީ ޓާމިނަލަށް ވަދެފައިވާ މަންޒަރު ފެންނަ ވީޑީއޯއެއް މިނިވަން ނިއުސްއިން އާންމުކޮށްފި އެވެ. މިނިވަން ނިއުސް އިން ރޭ ހާމަކުރި އެމްޓީސީސީގެ ފެރީ ޓާމިނަލްގެ ސީސީޓިވީގެ ފުޓޭޖާބެހޭ ގޮތުން އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ރިލްވާނު ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން read more…
ރިޟްވާން ގެއްލުނު މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުން މާބޮޑު ސަމާލުކަމެއްދޭތަން ނުފެނޭ – އެމްޑީޕީ
މިނިވަން ނޫހުގެ ރިޕޯޓަރ އަޙުމަދު ރިޟުވާން ޢަބްދުﷲ ގެއްލުނު ފަހުން އެއްހަފުތާ ފާއިތުވެ ގޮސްފައިވާއިރު، އެ މައްސަލަ ތަޙުޤީޤުކުރުމަށް ފުލުހުން މާބޮޑު ސަމާލުކަމެއްދޭތަން ނުފެންނަކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފިއެވެ. އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރިޟުވާން މީގެ އެއް ހަފުތާ ކުރިން ވީނުވީ ތަނެއް ނޭގި ގެއްލިފައިވަނީ ނޫސްވެރިންނަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަރުގެ އިންޒާރުތައް ދެމުން ދަނިކޮށް ކަމަށާއި، ރިޟްވާނަށްވެސް އެފަދަ އިންޒާރުތަކެއް read more…
IFJ calls on government to speed up investigation into Rilwan’s disappearance
August 16, 2014
The International Federation of Journalists (IFJ) together with its affiliate the Maldives Journalists Association (MJA) has called on the government “to speed up investigation to clarify of whereabouts journalist Ahmed Rilwan Adbulla, who is missing since August 8.” In a joint statement, the MJA called on “all relevant authorities to read more…
ރިލްވާން ހޯދަން އާއިލާއިން ހުޅުމާލޭގައި އަތްފުނާ އަޅަނީ
މި މަހު ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ހޯދުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު އާއިލާއިން ވެސް އޭނާ ހޯދުމުގެ މަސައްކަތްކުރަމުން އެބަ ދެ އެވެ. ހުޅުމާލޭގައި ދިރިއުޅޭ އުމުރުން 28 އަހަރުގެ ރިލްވާން ފެނޭތޯ ބެލުމަށްޓަކައި އޭނާގެ އާއިލާ އާއި އެކުވެރިނާއެކު ގާތްގަނޑަކަށް 30 މީހުން، އިއްޔެ ހުޅުމާލެ އަށް ގޮސް އޭނާ ހޯދުމަށްޓަކައި މުޅި ހުޅުމާލެ ބެލި read more…
ރިލްވާން އަކީ ކާކު؟ ވީ ކިހިނެއް؟
“އޭނާ އަމިއްލަ އަށް ފިލީ ކަމަކަށް ގަބޫލެއް ނުކުރެވޭ. އަދި ބަޔަކު އޭނާގެ ދުވަސް ދުއްވާލަން ޖެހޭނެ ވަރުގެ ސަބަބެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރަން،” މި މަހު ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލުވާން އަބްދުﷲ އާ ބެހޭގޮތުން އޭނާގެ އެންމެ ގާތް އެއް އެކުވެރިޔާ، އަދި ދާދި ފަހަކާ ޖެހެންދެން އޭނާއާ އެއް އެޕާޓްމަންޓަގައި read more…
ގެއްލުނު ނޫސްވެރިޔާ ހޯދަން ސަރުކާރުން ސަމާލުކަމެއް ނުދޭ: އެމްޑީޕީ
މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ގެއްލުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާގެ އާއިލާ އާއި ހެޔޮއެދޭ ފަރާތްތަކަށް ހިތްހަމަޖެހުމެއް ލިބޭ މިންވަރަށް ހޯދަމުން ނުދާ ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރިލްވާން ގެއްލުނު މައްސަލަ ތަހުގީގުކުރަން ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ނުގެންދާތީ ކަންބޮޑުވާ ކަމަށެވެ. ރިލްވާން ގެއްލުނީ އޭނާ އާއި އެހެން ނޫސްވެރިންތަކަކަށް ވެސް read more…

