#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
ރިލްވާން ގެއްލުނު މައްސަލާގައި ހަތަރު ވަނަ މީހަކު ހައްޔަރުކޮށްފި
September 29, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތުހުމަތަށް ހަތަރު ވަނަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ކޯޓް އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ފަސް ދުވަހަށް ހައްޔަރު ކުރުމަށް އަމުރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. read more…
ރިލްވާން މައްސަލާގައި މަސައްކަތް ކުރަމުން މިއަންނަނީ ރަނގަޅު ނަތީޖާއަކާ ހަމައަށް ދާން: ޕޮލިސް
މީގެ މަހެއްހާ ދުވަސް ކުރިން ވީނުވީއެއް ނޭނގި ގެއްލުނު މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ހޯދުމަށް ކުރާ ތަހުގީގުގައި މަސައްކަތް ކުރަމުން އަންނަނީ ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަށް ކަމަށް ފުލުސް އޮފީހުން މިއަދު ބުނެފި އެވެ. ރިލްވާން ގެއްލުނުތާ މިއަދަށް 52 ދުވަސްވެފައިވާއިރު، އެ މައްސަލާގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ ދެ ފިރިހެނުންނާއި 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. ފުލުހުންގެ read more…
ރިލްވާން މައްސަލާގައި ހަތަރު ވަނަ މީހަކު ހައްޔަރުކޮށްފި
ގެއްލިފައިވާ އަހުމަދު ރިލްވާންގެ މައްސަލައިގައި ތުހުމަތަށް އިތުރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކުރީ މިއަދު ކަމަށާއި ތުހުމަތުގައިި ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދު ކޮށްގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ފަސް ދުވަހުގެ read more…
ރިލްވާންގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
September 28, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ. ފުލުހުން ބުނި ގޮތުގައި އެ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދުގެ މުއްދަތަށް މިއަދު ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. އަދި އަނެއް މީހާގެ ބަންދުގެ މުއްދަތަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް read more…
Three arrested in connection with Rilwan’s disappearance
The Maldives Police Services today confirmed three men have been arrested in relation to the disappearance of Minivan News journalist Ahmed Rilwan. Today marks the 51st day since Rilwan went missing. He is believed to have been abducted at knife point from outside his apartment building in Hulhumalé at 2am read more…
ރިލްވާން މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި
ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުނުތާ 50 ދުވަސްވެފައި ވަނިކޮށް އެ މައްސަލައާ ގުޅިގެން ތުހުމަތަށް ތިން މީހަކު ހައްޔަރުކޮށް އެ މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. މި މައްސަލައާ ގުޅިގެން އިއްޔެ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ އެ ތިން މީހުން ހައްޔަރުކޮށް މުއްދަތު ޖެހުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން އެކެއްގެ read more…
THE POLITICS OF RILWAN’S DISAPPEARANCE: GANGS, CRIME, POLITICIANS & LAW ENFORCEMENT IN THE MALDIVES
September 26, 2014
by Aishath Velezinee A private investigation by Glasgow-based Athena Intelligence and Security into the disappearance of Rilwan (aka Rizwan, @moyameehaa), a Maldivian journalist missing since August 8, 2014, has not led people any closer to finding him nor has it firmly established how he disappeared. Instead, the PI report has read more…
މިނިވަން ނިއުސް އަށް ބިރުދެއްކި މައްސަލަ އަވަހަށް ބަލަން އެމްޖޭއޭ އިން ގޮވާލައިފި
September 25, 2014
މިނިވަން ނިއުސް އަށް އިންޒާރުތަކެއް ދިނުމަށް ފަހު ސީސީޓީވީ ހަލާލުކޮށްލައި އެ އޮފީސް ހިންގާ އިމާރާތަށް ވަންނަ ހުނަން ދޮރަށް ކަތިވަޅި ޖެހި މައްސަލަ، އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަމާއި ބެހޭ އިދާރާތަކަށް މިއަދު ގޮވާލައިފި އެވެ. އެމްޖޭ އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ނޫސްވެރިކަން ކުރަމުން އަންނަ މިނިވަން ނިއުސްގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި، އެ read more…
މިނިވަން ނިއުސްގެ ސީސީޓީވީ ހަލާކުކޮށްލައި އިމާރާތަށް ވަންނަން ހުންނަ ދޮރަށް ކަތިވަޅި ޖަހައިފި
މިނިވަން ނިއުސްގެ އޮފީހުގެ ސީސީޓީވީ ކެމެރާ ހަލާކުކޮށްލައި، އެ އިމާރާތަށް ވަންނަން ހުންނަ ދޮރަށް މިއަދު ކަތިވަޅިއެއް ޖަހައިފި އެވެ. މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު ވިދާޅުވީ ސޯޝަލް މީޑިއާ އިން އިންޒާރުތަކެއް ދިނުމަށް ފަހު އެ އޮފީހުގެ ސީސީޓީވީ މިއަދު ހަލާލުކޮށްލީ، މާލޭގެ މަޝްހޫރު ގޭންގެއްގެ ލީޑަރު ކަމަށެވެ. އެއީ މިނިވަން ނޫހުގެ ގެއްލިފައިވާ ރިޕޯޓަރު އަހްމަދު ރިލުވާނާ ގުޅޭ ގޮތުން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން read more…
އަމިއްލަ ތަހުގީގެއް ކުރުމަށް ހުރަހެއް އެބައޮތްތަ؟
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވީނުވީއެއް ނޭނގިގެން ހޯދަމުން ދާއިރު އެކަމާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ބައެއް ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ރިލްވާން ނުފެނި ގިނަ ދުވަސް ވާތީ އާއި ރިލްވާން ހޯދަން ފުލުހުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށާއި އެކަމާ ބެހޭ މައުލޫމާތެއް ވެސް އާންމު ނުކުރާ ކަމަށް ބުނެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެ ފާޑުކިޔުންތަކުގެ ތެރެއިން މޯލްޑިވިއަން ޑިމޮކްރަސީ read more…