#findmoyameehaa
Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.
He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.
International Day of Enforced Disappearances
August 30, 2014
ރިލްވާން ގެއްލި، ހުޅުމާލޭގެ އަނދިރި މާހައުލު ބިރުވެރިވެފައި!
ގާތްގަނޑަކަށް 30،000 މީހުންގެ އާބާދީއެއް އޮތް މިރަށުގެ ރޭގަނޑުގެ މާހައުލަށް ފަތުރާލާފައި އޮންނަ ހަމަހިމޭންކަން ބޮޑުވެގެންދަނީ ރޭގަނޑު މުޅި ރަށުގެ މައްޗަށް ވެރިވެގަނެގެން އޮންނަ އަނދިރިކަމޭ ބުނެވިދާނެ އެވެ. ރަށަށް އަރައިގެންދާއިރު ފެންނަ ސަރާސަރު ބޮޑު މައި މަގަށް ބަލައިމުން އެކަނި ވެސް އެކަން ވަޒަންކޮށްލެވެ އެވެ. އެ އަނދިރި ކަމަކީ އެ ރަށުގައި ދިރިއުޅޭ މީހުން ހާސް ކުރުވާ ކަމަކަށް ވެއެވެ. ނަމަވެސް އެ ހާސްކަމުގެ ތެރެއިން މިހާރު read more…
ރިލްވާން ގެއްލުނު މައްސަލާގައި ޕެޓިޝަނެއް ތައްޔާރުކުރަނީ
August 29, 2014
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާން، 28، ގެއްލުނު މައްސަލާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ސާފުކުރުމަށް އެދި ޕެޓިޝަނެއްގައި މިއަދު ސޮއިކުރަން ފަށައިފި އެވެ. ރިލްވާންގެ އާއިލާ އާއި އޭނާގެ އެކުވެރިން އިސްނަގައިގެން ތައްޔާރުކުރާ މި ޕެޓިޝަންގައި ސޮއިކުރަން ފެށީ މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. ރިލްވާންގެ މަންމަ އާއި ތިމާގެ މީހުން އަދި އޭނާގެ އެކުވެރިން ބައިވެރިވި މި ހަރަކާތުގައި، އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު read more…
RILWAN – DISAPPEARANCE OF A YOUNG MALDIVIAN STORYTELLER
It has been 21 days since Ahmed Rilwan Abdulla, 28, a Maldivian journalist working for online news outlet Minivan News was last seen. Around 2am on 8th August, Rilwan’s neighbours in Hulhumalé reported seeing a man being forced into a car with his mouth covered. A knife was uncovered at read more…
ރިލްވާން މައްސަލާގައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި
ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި އޭނާ ހޯދަން ކުރާ މަސައްކަތުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަކޮށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ. ރިލްވާންގެ އާއިލާ އާއި ބައެއް ނޫސްވެރިންނާއި އާންމުން އިސްވެތިބެ، ތައްޔާކުރާ ޕެޓިޝަންގައި ރިލްވާންގެ މައްސަލައިގައި އޭނާ ހޯދުމަށް ފުލުހުން ކުރާ މަސައްކަތުގައި ބަލައި ގަނެވޭ އަދި އެކަށީގެންވާ ހޯދުންތަކެއް ހޯދައި މަސައްކަތްތަކެއް ކޮށްފައި ނުވާކަން ފާހަގަކޮށް ބައެއް ސުވާލު އުފައްދާ ފައިވެ އެވެ. އަދި read more…
20 Days and Counting #FindMoyameehaa
It has been 20 days since Ahmed Rilwan (@moyameehaa), 28, was last seen by his family and friends. 20 days of unimaginable anxiety, 20 days of unmentionable fears, of endless questioning, searching, theorising and pleading to absolutely no avail. Many of us who are following the story of Rilwan didn’t read more…
ރިލްވާންގެ މައްސަލާގައި ސީޕީ ކޮމިޓީއަށް ހާޒިރުކޮށްފި
August 28, 2014
މިމަހުގެ ހަތް ވަނަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާނުގެ މައްސަލާގައި ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމިޓީއަށް މިރޭ ހާޒިރުކޮށްފި އެވެ. މިރޭ 7:30 ގައި ބޭއްވި އެ ކޮމިޓީ އަށް ޕޮލިސް ކޮމިޝަނަރުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ހަސަން ހަބީބު ވެސް ހާޒިރުކުރި އެވެ. ނަމަވެސް ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. read more…
ރިލުވާން ގެއްލުނު މައްސަލައިގައި 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގައިފިން: ޕޮލިސް
މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލުވާން ހޯދުމުގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށް އެބަދާ ކަމަށާއި އޭނާ ގެއްލުނު މައްސަލައިގައި މިހާތަނަށް ދުއިސައްތައެއްހާ މީހުންނާ ސުވާލުކޮށް 80 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ. ފުލުހުންގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނެއްގައި ބުނީ މި މަހުގެ ހަތްވަނަ ދުވަހުގެ ރޭ ގެއްލިފައިވާ ރިލުވާން، 28، ހޯދުމުގެ ތަހުގީގުގައި 198 މީހަކާ ސުވާލުކުރި އިރު read more…
އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމުގެ މަސައްކަތުގައި މިހާތަނަށް 198 މީހަކާ ސުވާލުކޮށް 80 މީހެއްގެ ބަޔާން ނަގައިފި
މި އޮގަސްޓް މަހުގެ 7 ވަނަދުވަހުގެރޭގެ ވަގުތެއްގައި ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބްދުﷲ (28އ) ހޯދުމަށާއި އޭނާގެ ތަޙުޤީޤުގެ މަސައްކަތް ފުލުހުން މިދަނީ ހަލުވިކަމާއެކު ކުރަމުންނެވެ. މިގޮތުން މިހާތަނަށް މިމައްސަލައާއި ގުޅިގެން 198 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 80 އަށްވުރެ ގިނަމީހުންގެ ތަޙުޤީޤު ބަޔާން ވަނީ ނެގިފައެވެ. ހުޅުމާލޭގައި ރިޟްވާން ޢަބްދުﷲ އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ read more…
