#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިޟްވާން ގެއްލުނު މައްސަލައިގައި އާއިލާއިން މަޖިލިސް ކައިރިއަށް އެއްވެ ޝުއޫރުފާޅުކޮށްފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން 28، ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި ރިޟްވާންގެ އާއިލާގެ މެންބަރުން މިއަދު ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރިއަށް އެއްވެ ޝުއޫރުފާޅުކޮށްފި އެވެ.

މިއަދު ހެނދުނު 10:30 ހާއިރު މަޖިލިސް ކައިރިއަށް އެއްވެ، ޝުއޫރުފާޅުކުރި މީހުންގެ ތެރޭގައި ރިޟްވާން އާއިލާގެ ބައެއް މީހުންގެ އިތުރުން ރައްޓެހިންނާއި ހެޔޮ އެދޭ ފަރާތްތަކުން ހިމެނެ އެވެ.

ރިޟްވާން ގެއްލުނު މައްސަލައިގައި މަޖިލިސް ކައިރިއަށް މިއަދު އެއްވި މީހަކު – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ
ރިޟްވާން ގެއްލުނު މައްސަލައިގައި މަޖިލިސް ކައިރިއަށް މިއަދު އެއްވި މީހަކު – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ

މަޖިލިސް ކައިރީގައި ތިބި މީހުން ތިބީ ތަފާތު ޝުއޫރުތައް ލިޔެފައިވާ ކަރުދާސްތައް ހިފައިގެންނެވެ. އޭގެތެރެއިން ބައެއް ކަރުދާސްތަކުގައި ލިޔެފައިވަނީ “މަޖިލިސް ޒިންމާދާރުވޭ”، “ދެން ގެއްލޭނީ އަހަރެންބާ؟”، “ރައްޔިތުންނަށް ސަލާމަތްތެރިކަން ކަށަވަރުކޮށްދީ”، “އަހަރެންގެ ރަހްމަތެރިޔާ ހޯދައިދީ، ތަހުގީގު އަވަސްކުރޭ”، “ފުލުހުން ޖަވާބުދާރީކުރުވާ” މިހެންނެވެ.

މި އެއްވުމުގައި 20 ވަރަކަށް މީހުން ބައިވެރިވެފައިވާއިރު ރިޟްވާންގެ މަންމަ ވެސް މި އެއްވުމުގައި ބައިވެރިވެފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ވެސް މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޟްވާން މަންމަ އެއްވުމުގައި – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ
ރިޟްވާން މަންމަ އެއްވުމުގައި – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ

މަޖިލިސް ކައިރިއަށް މިއަދު ބަޔަކު އެއްވެފައި – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ
މަޖިލިސް ކައިރިއަށް މިއަދު ބަޔަކު އެއްވެފައި – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ

އެއްވުމުގެ ބައިވެރިން މަޖިލިސް ކުރިމަތީގައި ތިއްބާ ފުލުހުން ނިކުމެ އެމީހުން ވަނީ މަޖިލިސް ހިމެނޭ ސަރަހައްދުން ދުރަށް ޖައްސާފައެވެ. މި އެއްވުމުން ކުރިއަށް ދިޔައިރު އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ.

ރިޟްވާން ގެއްލިގެން 17 ދުވަސް ފާއިތުވެފައިވާތީ އާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އޭނާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ބުނެ އެކަމުގައި އާއިލާގެ ހުރި ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދަށް އާއިލާގެ ފަރާތުން މިއަދު ވަނީ ސިޓީއެއް ހުށަހަޅާފައެވެ.

ގެއްލިގެން ހޯދަމުންދާ ރިޟްވާން އާއި ބެހޭ މައުލޫމާތެއް ދިން ފަރާތަކަށް 50،000 ރުފިޔާ ދޭން އޭނާގެ އާއިލާއިން ވަނީ ނިންމާފައެވެ.

މޮޔަ މީހާ” ގެ ނަމުން ސޯޝަލް މީޑިއާގައި މަޝްހޫރުވެފައިވާ ރިޟްވާން ގެއްލިފައިވަނީ މިމަހުގެ 7 ވަނަ ދުވަހު މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލަށް ވަތް ފަހުންނެވެ. ޓިކެޓު ނަގައިގެން ޓާމިނަލް ތެރެއަށް ރިޟްވާން ވަތް ސީސީޓީވީ ފޫޓޭޖް މިހާރު އާންމުވެފައިވާއިރު ރިޟްވާން ހުޅުމާލެއަށް ފޭބިކަން ފުލުހުންނަށް ކަށަވަރެއް ނުވެ އެވެ.

ރިޟްވާން ގެއްލުނު މައްސަލައިގައި މަޖިލިސް ކައިރިއަށް މިއަދު އެއްވި މީހަކު – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ
ރިޟްވާން ގެއްލުނު މައްސަލައިގައި މަޖިލިސް ކައިރިއަށް މިއަދު އެއްވި މީހަކު – ވަގުތު ފޮޓޯ: އަޝްހާދު އަބްދުﷲ

އޭނާ ހޯދުމުގެ މަސައްކަތުގައި ހުޅުމާލޭގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަން ފުލުހުން ހާމަކޮށްފައިވާއިރު ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖްތައް ވެސް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭނާ ހޯދުމަށް އެމްއެންޑީއެފްއިން މިހާރު ދަނީ ހުޅުމާލެ ކައިރިން ކަނޑުގެ ސަރަހައްދު ބަލަމުންނެވެ.