#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިޟުވާން މައްސަލައިގައި ހުޅުމާލެއިން ވަޅިއެއް ފެނުނުތޯ ސުވާލުކުރުމުން ޖަވާބެއް ނުދިން

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟުވާން ޢަބްދުﷲ 28، ގެއްލުނުރޭ ހުޅުމާލެއިން ވަޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތޯ ސުވާލުކުރުމުން ފުލުހުން އެ މައުލޫމާތުދޭން ދެކޮޅު ހަދައިފި އެވެ.

ރިޟްވާން ގެއްލުނުރޭ ކަމަށްވާ އޮގަސްޓް 7 ވަނަ ދުވަހުގެރޭ ރިޟްވާން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއަ މަންޒަރު ފެނުނު ކަމަށް ދެމީހަކާއި ހަވާލާދީ މިނިވަން ނޫހުން ވަނީ ބުނެފައެވެ.

ގަދަކަމުން މީހަކު ކާރަކަށް އަރުވާފައި ވަނީ ރިޟްވާން ގެއްލުނު ކަމަށް ބުނާ ރޭ ގެ ދަންވަރު 02:00 ކަންހާއިރު ކަމަށް އެމީހުންނާއި ހަވާލާދީ މިނިވަން ނޫހުން ބުނެއެވެ. މިނިވަން ނޫހުން ބުނެފައި ވަނީ ރިޟްވާން ގެއްލުނު ރޭ ގެ 01:02 މިނެޓްގައި އޭނާ އިނީ ފެރީގައި ކަމަށް ބުނެ ޓްވީޓެއް ކޮށްފައިވާ ކަމަށެވެ.

ރިޟްވާންގެ އެޕާޓްމަންޓް ކައިރިން މީހަކު ކާރަކަށް އެރުވި މަންޒަރު ފެނުނު ކަމަށް ބުނާ މީހަކާއި ހަވާލާދީ މިނިވަން ނޫހުގައި ބުނެފައި ވަނީ ކާރަށް އެމީހާ ގަދަކަމުން އަރުވަން އުޅުމުގެ ތެރޭގައި އެކަމުގައި ހަރަކާތްތެރިވި މީހެއްގެ އަތުން ބިންމައްޗަށް އެއްޗެއް ވެއްޓު ކަމަށެވެ. އެއެއްޗެއް ވެއްޓުނުކަން އޭނާއަށް އެނގުނީ ގޮވި އަޑުން ކަމަށާއި، ކާރު ނައްޓާލުމާއެކު އެ ސަރަހައްދަށް ގޮސް ބެލިއިރު އެމީހުންގެ އަތުން ވެއްޓިފައި އޮތީ ވަޅިއެއް ކަމަށް ވެސް އޭނާ އާއި ހަވާލާދީ މިނިވަން ނޫހުން ބުނެއެވެ.

އަދި އެމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އައިސް ވަޅި ގެންދިއަ ކަމަށް ވެސް އޭނާ ބުނެއެވެ.

އެރޭ ހުޅުމާލޭގެ އެއްވެސް ސަރަހައްދަކުން ވަޅިއެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވޭތޯ އާއި މީހަކު ގަދަކަމުން ކާރަށް އެރުވި މަންޒަރު ފެނުނު ކަމަށް ބުނެ ބަޔަކު ރިޕޯޓުކޮށްފައިވޭތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ “ތި މައްސަލަ އާއި ބެހޭ ގޮތުން ފުލުހުންގެ ފަރާތުން ކޮމެންޓެއް ދޭން ބޭނުންނުވާ” ކަމަށެވެ.

ރިޟްވާން އެ ރޭ ހުޅުމާލެ އަށް ދިޔަކަން ފުލުހުންނަށް ކަށަވަރު ނުވި ނަމަވެސް އޭނާ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓިކެޓް ގަތުމަށް ފަހު ފެރީ ޓާމިނަަލަށް ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިނިވަން ނިއުސް އިން ވަނީ އާއްމުކޮށްފަ އެވެ.

މިނިވަން ނޫހުން މިހާތަނަށް އެއްކުރި މައުލޫމާތަކަށް ބަލާއިރު ރިޟްވާން ވަގަށް ނެގީ ކަމަށް އެ ނޫހުން ތުހުމަތުކުރެ އެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ސަތީޙް ވިދާޅުވީ ރިޟްވާން ހޯދުމުގައި ފުލުހުންގެ ޚާއްސަ ޓީމުން ހުޅުމާލޭގެ ގިނަ ސަރަޙައްދުތަކާއި ގެސްޓްހައުސް ފަދަ ތަންތަނާއި އެހެނިހެންވެސް ޚާއްސަ ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

ހަމައެއާއެކު ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ރިޟްވާން ހުރިތޯ ބެލުމަށް ހުރިހާ ޑިވިޝަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން މެދުވެރިކޮށް އަތޮޅުގެ ރަށްތައް ބަލަމުންދާކަމަށް ޝަަތީހް ވިދާޅުވި އެވެ.

ސަތީޙް ވިދާޅުވީ 2014 އޮގަސްޓް މަހުގެ 8 ވަނަ ދުވަހު 00:40 ހާއިރު ރިޟްވާން މާލޭގެ ހުކުރު މިސްކިތް ކައިރިން ދަތުރުކުރިކަމަށާއި އެސަރަޙައްދުން އޭނާގެ ރަޙްމަތްތެރިއަކާ ބައްދަލުވެ ވާހަކަދެކެވުނުކަން އެރަޙްމަތްތެރިޔާގެ ފަރާތުންނާއި ދިރާސާކުރި ސީސީޓީވީ ކެމެރާ ފުޓޭޖްތަކުން ކަށަވަރުފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން މާލޭގެ އެކި ސަރަޙައްދުތަކުން ގިނަ ޢަދަދެއްގެ ސީސީޓީވީ ކެމެރާ ފުޓޭޖްތައް ހޯދައި، އޭނާގެ ފޯނުގެ ފޯނުކޯލް ރެކޯޑިންނާއި ޑާޓާ ޔޫސޭޖް ރެކޯޑިންގ ދިރާސާ ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށާއި އެގޮތުން އޭނާގެ ފޯނުގެ ސިގްނަލް 2014 އޮގަސްޓް 8 ވަނަ ދުވަހުގެ 02:36 ހާއިރު ލިބިފައިވާކަމަށާއި އޭގެ ފަހުން އޭނާގެ ފޯނުގެ ސިގްނަލް ލިބިފައިނުވާކަން އެނގިފައިވާކަމަށް ވިދާޅުވިއެވެ.