November 29, 2014
ފުލުހުން ކުރާ ތަހުގީގުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ބަޔަކު އެކި ގޮތްގޮތުން ފުލުހުންނަށް ޕްރެޝަރު ކުރި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދ. ވާނީގައި ކުރިއަށް ގެންދިޔަ ހަތްވަނަ ބްލޫސް ފޯ ޔޫތް ކޭމްޕް ނިމި، ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސީޕީ ވިދާޅުވީ ފުލުހުން ބަލަމުންދާ ބައެއް ޒާތުގެ މައްސަލަތަކުގެ ބާވަތުން، ހާމަކުރަންޖެހޭ ވަގުތު ޖެހުމުގެ ކުރިން މައުލޫމާތު ހާމަކޮށްފި ނަމަ ތަހުގީގަށާއި މައްސަލަ ކާމިޔާބު ކުރުމަށް ހުރަސް އެޅޭނެ ކަމަށެވެ.
ސީޕީ ވިދާޅުވި ގޮތުގައި ފުލުހުން ބަލަމުން އަންނަ ކޮންމެ މައްސަލަ އަކީ އެތައް ބައެއްގެ ހައްގުތައް އެކުލެވޭ، ރައްޔިތުންގެ މަސްލަހަތާއި ގުޅުން ހުރި މައްސަލަތަކެއް ކަމަށް ވުމުން އެފަދަ މައުލޫމާތެއް ހާމަކުރެވެން ނޯންނާނެ އެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ހާމަކުރަންޖެހޭ ވަގުތު ޖެހުމުން ހާމަކުރަމުން އަންނާނެ ކަމަށް ވިދާޅުވި އެވެ.
ސީޕީ ހުސެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކިތަންމެ ޕްރެޝަރެއް ކުރިޔަސް ބައެއް މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މިއަދު ވިދާޅުވި.—ހަވީރު ފައިލް ފޮޓޯ
ސީޕީ ހުސެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ކިތަންމެ ޕްރެޝަރެއް ކުރިޔަސް ބައެއް މައުލޫމާތުތައް އާންމުންނާ ހިއްސާ ކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މިއަދު ވިދާޅުވި.—ހަވީރު ފައިލް ފޮޓޯ
ފުލުހުން ކުރާ ތަހުގީގުތަކާ ބެހޭ މައުލޫމާތު ހޯދުމަށް ބަޔަކު އެކި ގޮތްގޮތުން ފުލުހުންނަށް ޕްރެޝަރު ކުރި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާކުރެވިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ޕޮލިސް ކޮމިޝަނަރު ވިދާޅުވިއިރު ފަހަކަށް އައިސް ފުލުހުންނަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނީ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގެ ތަހުުގީގާ ގުޅިގެންނެވެ.
ފުލުހުން ބުނަމުން އަންނަނީ ރިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ކޮޅެއްގައި ޖެހެންދެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅުން ހުރި، ހުރިހާ މައުލޫމާތެއް ހާމަކުރާ ނަަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ފުލުހުން ބުނެ އެވެ.