#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންގެ ނަންބަރުން ވައިބާ ބޭނުންކޮށްފި

ްގެއްލިގެން ހޯދަމުންދާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ފޯނު ނަމްބަރުން އޮންލައިވެއްޖެ އެވެ.

ވައިބާ އިން ދައްކާގޮތުން އެ ނަމްބަރުން ވަނީ މިއަދު ހެނދުނު 10:28 ގައި އޮންލައިންވެފަ އެވެ. އަދި ރޭ ވެސް އޮންލައިންކޮށް ހުއްޓާ ފެނުނެވެ. ނަމަވެސް އެ ނަމްބަރުން އެއްވެސް މީހަކާ ވާހަކަ ދައްކާފައިވާ ކަމެއް މިހާތަނަށް އެނގިފައެއްނުވެ އެވެ.

ރިލްވާން ގެއްލުނުތާ 109 ދުވަސް ފަހުން، މިދިޔަ ބުދަ ދުވަހުގެ ރޭ 7:30 ހާއިރު އޭނާގެ ފޭސްބުކް އެކައުންޓުން ވެސް އޮންލައިން ވެފައި ހުއްޓާ ވަނީ ފެނިފަ އެވެ.

ރިލްވާން އެންމެ ފަހުން ފެނިފައިވަނީ މި އަހަރުގެ އޮގަސްޓް 7 ވަނަ ދުވަހުގެ ރޭ ހުޅުމާލެ އަށް ދިއުމަށް، މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ތެރެއަށް ވަދެ އުޅެނިކޮށެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ.