#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ގެއްލުމާއި ގޭންގްތަކާ ގުޅުން އޮތް: ހޯމް މިނިސްޓަރު

މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ވީނުވީއެއް ނޭނގި ގެއްލުމުގައި މާލޭގެ ބައެއް ގޭންގްތަކާ ގުޅުން އޮތް ކަމަށް ފާހަގަކުރެވޭ ކަމަށާއި އެ މައްސަލާގައި ހައްޔަރުކުރީ ވެސް ގޭންގްތަކަށް ނިސްބަތްވާ ބައެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މީގެ ދެ މަސް ދުވަސް ކުރިން ގެއްލުނު ރިލްވާން ދުނިޔޭގައި ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ރިލްވާން ހޯދުމަށް ފުލުހުން ނުފޮރޮޅާ އެންމެ ގަލެއް ނެތްއިރު، ފުލުހުންނަށް “€œބޮޑުވެގެން ފުރޮޅާލަން ނުކުރޭ”€ ގަލެއް ވެސް ނުބާއްވާނެ ކަަމަށް ވިދާޅުވި އެވެ. ރިލްވާން ބަޔަކު މަރާލި ނަމަ، އެކަމުގެ ހެއްކެއް އޭނާގެ ގާތިލުން “€œފަހަތަށް”€ ދޫކުރާނެ ކަމަށާއި އެހެންކަމުން ރިލްވާން ދިރިހުއްޓާ އަދި ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރިލްވާން ހޯދުމަށް ފުލުހުން ކުރާ ތަހުގީގާ ދޭތެރޭ ފާޑުކިއުންތައް އަމާޒުވެފައި ވަނިކޮށް، ޓީވީއެމްގައި މިނިސްޓަރު އުމަރު ވިދާޅުވީ ރިލްވާން ގެއްލުނު މައްސަލާގައި ހައްޔަރުކުރީ “€œއެހާ އަވަހަށް ހައްޔަރުކުރަން ހަމަޖެހިފައި ތިބި” ބައެއް ނޫން ކަމަށެވެ. މި ޒަމާނުގައި ތަހުގީގު ކުރިއަށް ގެންދަނީ އެހާ އަަވަހަށް މީހުން ހައްޔަރުކޮޮށްގެން ނޫން ކަމަށާއި ތަހުގީގުތައް މިހާރު ކުރިއަށް ގެންދަނީ ތުހުމަތުކުރެވޭ މީހުން ދޫކޮށްފައި ބައިތިއްބައިގެން ކަަމަށް ވެސް ވިދާޅުވި އެވެ.

“€œ[ރިލްވާން ގެއްލުމުގައި] ގޭންގްތަކަށް ތުހުމަތުކުރެވޭ ކަމަށް، ރިލްވާންގެ އާއިލާ އަށް އޮންނާނީ ދަންނަވާފައި،”€ މިނިސްޓަރު ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި މިހާރު ހުރީ އެންމެ މީހެކެވެ. އަނެއް ތިން މީހުން ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ.

ރިލްވާން ގެއްލުމާ ގުޅޭގޮޮތުން މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކުން ބޭރުގެ އިންވެސްޓިގޭޓަރަކު ލައްވައި އިންވެސްޓިގޭޓްކޮށް ނެރުނު ރިޕޯޓަށް ހޯމް މިނިސްޓަރު މިރޭ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެއީ އުމަރު ސިފަކުރެއްވި ގޮތުގައި، ޑިމޮކްރެސީ ނެޓްވޯކުގެ ބޯޑު އަޅުވައިގެން ތިބެ “€œއެމްޑީޕީން ނެރުނު ތާކުންތާކު ނުޖެހޭ”€ ރިޕޯޓެކެވެ. އޭގެ ސަބަބުން ފުލުހުންގެ ތަހުގީގަށް ހުރަސްތަކެއް ކުރިމަތިވިއިރު އެއީ ތަހުގީގު ހަލާލުކުރަން ކުރި ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ރިޕޯޓު ނެރުމުން، މައްސަލާގައި ހިމެނޭ މީހުން ހޯދަން ފުލުހުން ކުރި މަސައްކަތް އެހެން ދިމާލަކަށް އަނބުރާލައި އެހެން ގޮތަަކަށް ކުރަން ޖެހުނު ކަމަށް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުގެ ފައިސާ އާއި ވަސީލަތްތައް ބޭނުންކޮށްގެން ރިލްވާން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭނާ ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ފުލުހުން ކުރާނެ ކަމަށެވެ. ތަހުގީގުތަކުން، ކުއްލިއަކަށް ކަންކަން ސާފުނުވާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ މެލޭޝިއާ އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ ތަހުގީގު ބައިނަލްއަގުވާމީ ތަހުގީގު ޓީމުތަކުން ކުރިއަށް ގެންދާއިރު ވެސް އަދިވެސް ނުފެންނަ ކަމަށެވެ.

ރިލްވާން ހޯދުމަށް މިހާރު ވެސް އަންނަނީ ފުލުހުންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރިލްވާން އެންމެ ފަހުން ފެނުނީ ހުޅުމާލެ ފެރީ ޓާމިނަލް ތެރެއިންނެވެ. ރިލްވާން އެރޭ ހުޅުމާލެ އަށް ދަނިކޮށް ފެރީ ތެރެއިން ދިމާވި ކަމަށް އޭނާގެ ރައްޓެއްސަކު ބުނާއިރު، ހަމަ އެރޭ ރިލްވާން ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށްވެ އެވެ.