#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ގެއްލުނު މައްސަލައިގައި ސޮއި ކުރި ޕެޓިޝަން މަޖިލީހަށް ހުށަހަޅައިފި

ގެއްލިގެން ހޯދަމުންދާ ނޫސްވެރިޔާ ރިލުވާން ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަން އެ އާއިލާގެ ފަރާތުން ޕެޓިޝަން ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅާފައިވަނީ މިއަދު 9:15 އެހާކަންހާއިރު ރިލުވާންގެ އާއިލާގެ ފަރާތުން މަޖިލީހުގެ އިދާރާ އަށް ހާޒިރުވެ އެވެ.

ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދުމަށް ކަމާބެހޭ މުއައްސަސާތަކަށް ބާރު އެޅުމުގެ ގޮތުން އާންމުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަނަށް 6000 އަށް ވުރެ ގިނަ ސޮއި ލިބިފައިވާ ކަމަށް އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޓީމުން ބުނެ އެވެ.

ރިލްވާންގެ އާއިލާއިން އެޕެޓިޝަން މަޖިލީހުގެ އިދާރާއާ ހަވާލު ކޮށްދެއްވީ ރިލްވާންގެ މަންމައާއި އާއިލާގެ ބައެއް މެމްބަރުންނެވެ. އަދި އެޕެޓިޝަން މަޖިލީހުގެ އިދާރާއާއި ހަވާލުކުރިއިރު ހާޒިރުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވަޑައިގެން ހުންނެވި އެވެ.

ޕެޓިޝަން ހުށަހެޅުމަށްފަހު ރިލްވާންގެ އާއިލާއިން ބުނީ ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަށީގެންވާ ގޮތެއްގައި ރިލްވާން ހޯދުމުގެ މަސައްކަތް ކުރައްވާ ކަމަށް ނުދެކޭ ކަމަށާއި އެއީ އާއިލާއަށާއި ރިލްވާނަށް ހެޔޮއެދޭ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެއްކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އެކިއެކި ކޮމެޓީތަކަށް އެމަސައްލަ ހުށަހެޅިފައިވާ އިރު މަޖިލީހުން ވެސް އެމައްސަލަ އެއްވެސް ވަރަކަށް ދިރާސާކޮށް ބަލަން ބޭނުންނުވާ ކަމަށް އާއިލާއިން ބުންޏެވެ. އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމަށް އެކޮމެޓީން ރޭ ބޭއްވި ބައްދަލުވުން ސިއްރުކޮށް އެމައްސަލަ އެކޮމެޓީން ބޭރު ކޮށްފައިވާތީ އާއިލާއިން އެކަމާ ހިތާމަ ކުރާ ކަމަށްވެސް ރިލްވާންގެ އާއިލާއިން ބުންޏެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ބައްދަލުކުރުމަށް އެދިފައިވީ ނަމަވެސް މިއަދާ ހަމައަށް އެމަނިކުފާނާވެސް ބައްދަލު ކުރެވިފައި ނުވާ ކަމަށާއި ފުލުހުންގެ ފަރާތުންވެސް ރިލްވާން ހޯދުމުގައި އެކަށީގެންވާ އެއްބާރު ލުމެއް ލިބިފައިނުވާ ކަމަށް އާއިލާއިން ބުނެ އެވެ.

ރިލްވާނުގެ އާއިލާއިން ބުނީ މިއީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއްވެސް ފަރާތަކުން މިއީ ސިޔާސީ ކަމަށް ނުހެދުމަށެވެ. އަދި މިއުޅެނީ ދިވެހި ރައްޔިތަކު ވީނުވީއެއް ނޭނގި ގެއްލިގެން ކަމަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކޮށްދެއްވުމަށެވެ.

ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލާގައި މިމަހުގެ 02 ވަނަ ދުވަހު ބޭއްވި ޓޫފޯވަން ކޮމެޓީ ބާއްވާފައި ވަނީ މީޑިއާއަށް ސިއްރު ކޮށްގެންނެވެ. އަދި އެކޮމެޓީން އެކުލަވާލާފައިވާ ކުޑަ ކޮމެޓީގެ ބައްދަލުވުންތައް ވެސް ބާއްވަން ނިންމާފައި ވަނީ ސިއްރުކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ. ކުޑަ ކޮމެޓީން މިއަދު ބާއްވަން އޮތް ބައްދަލުވުން ވެސް ވަނީ ކެންސަލް ކޮށްފަ އެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ރޭ ވަނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި އެކޮމެޓީ ސިއްރުކޮށް، އަދި އެކޮމެޓީން އެމައްސަލަ ބޭރުކޮށްލާފަ އެވެ.

ރިލްވާން ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް ވެސް ހުށަހަޅާފައިވެ އެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް މިވީ 27 ދުވަހެވެ.