September 23, 2014
ނޫސްވެރިޔާ އަހުމަދު ރިލްވާން “ވަގަށް” ނަގާފައިފައިވާ ކަމަށާއި އެކަމަށް ހިތްވަރު ދިނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ކަމަށް ދޭހަވާ ގޮތަށް ތުހުމަތު ކުރައްވާ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހުރިއްޔާ މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައް ކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި އިސްލާމީ އުސޫލްތައް ވަރަށް ބޮޑަށް ފެތުރެމުން އެބަދާ ކަމަށާއި އެ އުސޫލްތަކަށް ހަރުކަށި އިސްލާމީ އުސޫލްތަކޭ ދަންނަވަންވެސް އުނދަގޫ ކަމަށެވެ. އަދި ވިދާޅުވީ އެއީ އެއީ އިސްލާމީ އުސޫލްތައް ނޫން ކަމަށެވެ.
“އިސްލާމީ އުސޫލްތަކަކީ ހަރުކޮށާއި މަޑުކޮށް އޮންންނަ އުސޫލްތަކެއް ވެސް ނޫން. އިސްލާމީ އުސޫލްތަކަކީ އެއްހަމައެއްގައި ހުންނަ އެއްޗެއް އިސްލާމް ދީން އަބަދުވެސް ހުންނަނީ މެދުމިނުގައި. މުޅި ދުނިޔޭގެ ހުރިހާ ފަލްސަފާއެއްގައި ވެސް އިންސާނީ އާދަކާދާގައި ވެސް އަދި އަދާ ކުރަންޖެހޭ އެންމެހާ އަޅުކަމެއްގައި ވެސް ކަންކަން ލައްވާފައި މެދު މިނުގައި،” ރައީސް ނަޝީދު ވިދާޅުވި އެވެ.
ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރު ބައިވެރިވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ފެންނަނީ އިސްލާމް ދީން ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނެގުމާއި ސިޔާސީ ފައިދާ ހޯދައި މާލޭގެ ޒުވާނުން ލައްވާ ހުތުރު ކަންކަން ކުރުވަމުދާތަން ކަމަށެވެ. އަދި އިސްލާމް ދީނުގެ ނަމުގައި މީހުންނަށް އަނިޔާކޮށް މީހުން ވަގަށް ނަގައި އަދި މީހުން މަރާތަން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު އެމްޑީޕީން މިރޭ ބޭއްވި ބޮޑު ޖަލްސާގައި ރައީސް މުހައްމަދު ނަޝީދާއި ޕާޓީގެ އިސް ލީޑަރުން މިރޭ އަތް ޖައްސަވަނީ — ވީ ފޮޓޯ: މުހައްމަދު ވަހީދު
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަށް ބޮޑަށް ގަބޫލު ކުރެވޭ ގޮތުގައި ރިލްންވާން ވަގަށް ނެގީ ޒުވާން ކުއްޖެއް ކަމަށާއި އޭނާ ވަރަށް ބޮޑު ކުށެއް ކަމަށެވެ. ނަމަވެސް އެއަށްވުރެ ބޮޑު ކުށެއް ކުރީ ރިލްވާން ވަގަށް ނެގުމަށް އެ ޒުވާނާއަށް ވަސްވާސްލައިދިން މިހާ އާއި އެ ޒުވާނާއަށް އެއްޗެއް ދިންނަމަ ދިން މީހާ ކަމަށެވެ.
“އަޅުގަނޑު ޝައިހު އިމްރާނަށާއި ޝަހީމަށް ދަންނަވާލަން ބޭނުންވަނީ އަޅުގަނޑުމެންގެ ޒުވާނުންނަށް ތިހެން ނުހައްދަވާށޭ! ވަކިވަކިން އެކުދިން ހޯއްދަވައިގެން އެކުދިން މަގު ފުރައްދައިގެން އެކުދިން ލައްވާ ވިޔާނުދާ އަމަލުތައް ނުހިންގަވާށޭ.” ކުރީގެ ރައީސް ވިދާޅުވި އެވެ.
ކުރީގެ ރައީސް ވިދާޅުވީ ރިލްވާން ކިޔާ ޒުވާނަކު ނުވަތަ ނޫސްވެރިއަކު ހުރެގެން މާލެ ތެރޭގައި އުޅޭ ޒުވާން ކުދިން ކަންބޮޑުވެގެން ނޫޅޭނެ ކަމަށާއި އެފަދަ ޒުވާން ކުއްޖަކު ގޮސް އެފަދަ ނުބައި ނުލަފާ އަމަލެއް ހިންގަނީ އޭނާގެ ހިތަށް ވަރަށް ބޮޑަށް އިބިލީ ވަސްވާސް ވައްދައިގެން ކަމަށެވެ.
“އަޅުގަނޑު ޝައިހު އިމްރާނަށް ވެސް އަދި ޝަހީމަށް ވެސް ދަންނަވަން އޮތި ތިޔަބޭފުޅުން ޝޭހުންގެ ގޮތުގައި ތިއްބަވައިގެން އިބިލީހުގެ ދައުރު އަދާ ކުރަން ނުހައްދަވާށޭ ތި ތާކިހާ އަޅުއްވައިގެން ނޫޅުއްވާށޭ،”