#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިޟުވާން ހޯދުމަށް ސަރުކާރުން މަސައްކަތްނުކުރާ ކަމަށް ބުނެ ކުއްލި މައްސަލައެއް

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން 28، ހޯދުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އެވެ. މި މައްސަލައިގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 51 މެންބަރުން ވަނީ ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ.

ކުއްލި މައްސަލައިގައި ބުނެފައިވަނީ ރިޟްވާން ގެއްލިގެން އުޅޭތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ރިޟްވާންގެ އާއިލާއަށާއި ހެޔޮއެދޭ ފަރާތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރަށް ރިޟްވާން ހޯދުމަށް ނުވަތަ މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުން ހސަމާލުކަމެއް ދީގެން އަމަލުކުރަމުން ގެންދާތަން ނުފެންނާތީ އެކަމާއި އެކި ފަރާތްތަކުން ކަންބޮޑުވެފައިވާ ކަމަށެވެ.

ރިޟްވާން ވީނުވީއެއް ނޭނގި ގެއްލިފައިވަނީ ނޫސްވެރިންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަރުގެ އިންޒާރު ދެމުންދަނިކޮށް ކަމަށާއި ރިޟްވާނަށް ވެސް، އޭނާގެ ނޫސްވެރިކަމާއި ގުޅިގެން އެބާވަތުގެ އެކި އެކި ބިރުދެއްކުމުގެ ކަންކަން ކުރިމަތިކުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ.

ޒުވާނުން ރަހީނުކޮށްގެން ވަކި ތަނަކަށް ގެންގޮސް މަރުގެ އިންޒާރުދީ ބިރު ދައްކަމުންދާ ކަމުގެ ހާދިސާތަކެއްގެ މައުލޫމާތު އެމްޑީޕީ އަށް މީގެކުރިން ލިބިފައިވާތީ މިކަން ސަމާލުކަމަށް ގެނައުމަށްޓަކައި 9 ޖުލައި ވަނަ ދުވަހު ރަސްމީ ނޫސް ބަޔާނުގެ ޒަރިއްޔާއިން ވެސް ސަރުކާރުގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ.

ނަމަވެސް ސަރުކާރުން އެކަމާއި މެދު އެޅި ފިޔަވަޅެއް ނެތް ކަމަށް ވެސް ކުއްލި މައްސަލައިގައިވެ އެވެ.

އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލައިގައި އިތުރަށް ވަނީ ރިޟްވާން ގެއްލިގެން ރިޕޯޓު ކުރެވުނު ފަހުން ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން އޭނާ ހޯދުމަށް މަސައްކަތް ކުރާ މިންވަރާއި އެމައްސަލައިގެ ކުރިއެރުން ލިބެމުންދާ މިންވަރާއި މެދު ސީރިއަސް ސިފައެއްގައި ސަރުކާރުން ރައްޔިތުންނަށް ހާމަކުރަމުން ނުގެންދާ ކަމަށެވެ.

އެހެންކަމުން މިނިވަން ނޫހުގެ ނޫސްވެރިޔާ ހޯދުމަށް ނުވަތަ މައްސަލަ ތަހުގީގު ކުރުމަށް ސަރުކާރުން މިހާރަށް ވުރެ ބޮޑު ސަމާލުކަމެއް ދީގެން އެމަސައްކަތް ކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް ވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މިމަހުގެ 8 ވަނަ ދުވަހު ގެއްލުނު ރިޟްވާން ގެއްލުނުރޭ ދަންވަރު ރިޟްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރިން މީހަކު ގަދަކަމުން ކާރަކަށް އަރުވައިގެން ގެންދިއަ މަންޒަރު ފެނުނު ކަމަށް ދެމީހަކާއި ހަވާލާދީ މިނިވަން ނޫހުން ރޭ ވަނީ ބުނެފައެވެ.

ގަދަކަމުން މީހަކު ކާރަކަށް އަރުވާފައި ވަނީ ރިޟްވާން ގެއްލުނު ކަމަށް ބުނާ ރޭ ގެ ދަންވަރު 02:00 ކަންހާއިރު ކަމަށް އެމީހުންނާއި ހަވާލާދީ މިނިވަން ނޫހުން ބުނެއެވެ.

ރިޟްވާން ހޯދުމަށް ފުލުހުން ކުރަމުންދާ ތަޙްޤީޤާއި ގުޅޭ ގޮތުން ފުލުހުން ރޭ ބުނެފައި ވަނީ ރިޟްވާން ހުޅުމާލެ އަށް ދިއަ ކަން އަދި މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާ މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 00:44 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލްގައި އުޅޭ މަންޒަރު ފެންނަ ސީސީޓީވީ ފޮޓޭޖެއް މިހާރު ވަނީ އާންމުވެފައެވެ.

މިނިވަން ނޫހުން ބުނެފައި ވަނީ ރިޟްވާން ގެއްލުނު ރޭ ގެ 01:02 މިނެޓްގައި އޭނާ އިނީ ފެރީގައި ކަމަށް ބުނެ ޓްވީޓެއް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ރިޟްވާން އަށް އޭނާގެ އެޕާޓްމަންޓަށް ދެވޭނެ ކަމަށް ލަފާކުރެވެނީ އެރޭ ދަންވަރު 01:30 އާއި 02:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ލަފާކުރެވޭ ކަމަށް މިނިވަން ނޫހުން ބުނެއެވެ.