#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާން ގެއްލުނު މައްސަލާގައި ރައީސް ޖަވާބުދާރީވެވަޑަގަތީ ޒިންމާދާރުކަންކުޑަ ގޮތަކަށް: އެމްޑީޕީ

މިނިވަން ނިއުސްގެ ޖާނަލިސްޓް އަހުމަދު ރިލްވާން ގެއްލުނު މައްސަލާގައި ރައީސް އަބްދުﷲ ޔާމީން ރޭ ޖަވާބުދާރިވެވަޑައިގެންނެވީ ވަރަށް ޒިންމާދާރުކަންކުޑަ ގޮތަކަށް ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

ރައީސް ޔާމީން ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމުން، ރިލްވާން ގެއްލިގެން ހޯދާ މައްސަލާގައި ނޫސްވެރިއަކު ސުވާލު ކުރުމުން ވދާޅުވެފައި ވަނީ އެފަދަ މައްސަލަތަކުގައި އެމަނިކުފާނު އެއްޗެއް ވިދާޅު ނުވާނެ ކަމަށާއި މީގެ ކުރިން ވެސް އެފަދަ މައްސަލަތަކުގައި ވާހަކަ ދައްކަނީ ފުލުހުން ނުވަތަ ހޯމް މިނިސްޓްރީން ކަމަށެވެ.

އަދި ވިދާޅުވީ ނޫސްވެރިއަކު ގެއްލުމުން ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ހީފުޅުވެވަޑައިގަންނަވާ ކަމަށާއި އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ ކަމަށެވެ.

ރައީސްގެ މި ޖަވާބާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެމަނިކުފާނު ޖަވާބު ދެއްވާފައި ވަނީ އެ މައްސަލާގައި އެއްވެސް ކަންބޮޑުވެވަޑައިގަތުމެއް އަދިި އަހަމިއްޔަތު ކަމެއް ނުދެއްވާ މޭރުމުން ކަމަށެވެ. ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ބައެއް ޖަމިއްޔާތަކުގެ ކަންބޮޑުވުން އޮތް ސީރިއަސް މައްސަލައެއްގައި ރައީސް އެގޮތަށް ޖަވާބުދެއްވުމުން ހިތާމަކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

“ގެއްލިފައިވާ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް ކުރާނޭކަން އެމަނިކުފާނަށް ޔަގީންވެވަޑައިގަތުމުގެ ބަދަލުގައި އެކަން އެމަނިކުފާނަށް ހަމައެކަނި ހީފުޅުވާ ކަމަށް ވިދާޅުވެ، އެކަމުގައި އެމަނިކުފާނުގެ އެއްވެސް އަހުމިއްޔަތުކަމެއް ނެތްކަން ދޭހަވާ ގޮތަށް ޖަވާބުދެއްވާފައިވާ ކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ. އަދި އެންމެ ކުޑަމިނުން ރިލްވާން ގެއްލުނު މައްސަލާގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނުގެ ކަންބޮޑުވެވަޑައިގަތުމެއް އޮތްކަން ހާމަކުރައްވާފައި ވެސް ނުވާކަން ހިތާމައާއެކު ފާހަގަކުރަމެވެ،” އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ރިލްވާން ވަގަށް ނަގާފައިވާ ކަމަށް ގަބޫލުކުރެވޭ ގިނަ ހެކިތަކެއް ލިބިފައި ވަނިކޮށް ރައީސް ޔާމީން އެ މައްސަލާގައި ކަންބޮޑުވުންފާޅުނުކުރެއްވި ނަމަވެސް މުޅި ދުނިޔެ އެކަމުގައި ކަންބޮޑުވުންފާޅުކުރަމުން އަންނަ ކަމަށް ބަޔާނުގައިވެ އެވެ.

އެމްޑީޕީން ފާހަގަކުރިގޮތުގައި އެމެރިކާގެ ނޫސްވެރިއަކު ވަގަށް ނަގައި މަރާލި މައްސަލައެއްގައި ރައީސް ބަރަކް އޮބާމާ ރޭ ވަނީ އެ ގައުމުގެ ރައްޔިތުންނާ މުހާތާބުކުރައްވައި ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. ޑިމޮކްރެޓިކް ގައުމުތަކުގައި، ރައްޔިތުން ކަންބޮޑުވާ އެ ފަދަ މައްސަލަތަކުގައި ރައީސްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވެވަޑައިގަންނަވަނީ އެ އުސޫލުން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ރިލްވާން ގެއްލިގެން އުޅޭ މައްސަލާގައި ރައީސްގެ ޖަވާބުދާރީވެވަޑައިގެންނެވި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ނަމަވެސް ރައީސްގެ ވާހަކަފުޅު ދިފާއުކުރައްވައި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ގައުމުގައި ހިނގާ ކޮންމެ ކަމަކާ މެދު ސީދާ ރައީސް އެއްޗެއް ވިދާޅުވުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ޒުވާނަކަށް އަދި ރައްޔިތަކަށް ލިބޭ ކޮންމެ ދެރަޔަކީ މުޅި ގައުމަށް ވެސް ލިބޭ ދެރައެއްގެ ގޮތުގައި ރައީސް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ކަންތައްތަކާ ގުޅޭ ގޮތުން ފިޔަވަޅުތައް އަޅާނެ މުއައްސަސާތައް އުފައްދާފައިވާ އިރު އެކަންތައްތަކާ ގުޅޭ ގޮތުން މުއާމަލާތް ކުރަން ޖެހޭނީ އެ މުއައްސާތަކުން ކަމަށް ވެސް މުއާޒު ވިދާޅުވި އެވެ.