#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ރިލްވާންގެ ގޭދޮށުން ގަދަކަމުން މީހަކު ވެހިކަލަކަށް އެރުވި ތަން ދެ މީހަކަށް ފެނުނު: މިނިވަން ނިއުސް

މިނިވަން ނިއުސްގެ ޖާނަލިސްޓް ރިިލްވާން އަބްދުﷲ ގެއްލުނު ރޭ ދަންވަރު، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓް ކައިރީގައި ގަދަކަމުން މީހަކު ވެހިކަލަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ދެ މީހަކަށް ފެނިފައިވާ ކަމަށް އެ ނޫހުން މިރޭ ރިޕޯޓްކޮށްފި އެވެ.

ނަމަވެސް އެއީ ރިލްވާން ކަމެއް މިނިވަން ނިއުސް އަށް މައުލޫމާތު ހިއްސާކުރި ދެ މީހުންނަށް ޔަގީން ނުވާ ކަމަށް އެ ނޫހުން ބުނެ އެވެ. މަންޒަރު ދުށް އެ ދެ މީހުންގެ ވާހަކަތައް އެ ނޫހުން މިހާރު ވަނީ ފުލުހުންނާ ހިއްސާކޮށްފަ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުގެ ރެ އިން ފެށިގެން ގެއްލިގެން ހޯދާ ރިލްވާން އެ ރޭ ހުޅުމާލެ އަށް ދިޔަކަން އަދި ފުލުހުންނަށް ކަށަވަރު ނުވި ނަމަވެސް އޭނާ ހުޅުމާލެ އަށް ދިއުމަށްޓަކައި ފެރީ ޓިކެޓް ގަތުމަށް ފަހު ފެރީ ޓާމިނަަލަށް ވަދެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މިނިވަން ނިއުސް އިން ވަނީ އާއްމުކޮށްފަ އެވެ.

މިނިވަން ނިއުސްގެ ޑެޕިއުޓީ އެޑިޓަރު ޒަހީނާ ރަޝީދު މިރޭ ވިދާޅުވީ ރިލްވާން ހޯދުމަށް އެ ނޫހުން މިހާތަނަށް އެއްކުރި މައުލޫމާތަށް ބަލާއިރު ބަޔަކު އޭނާ “€œވަގަށް ނެގީ”€ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ. ރިލްވާން ގެއްލުނު ރޭ ދަންވަރު އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކައިރިން މީހަކަށް ބިރުދައްކައިގެން ވެހިކަލެއްގައި ގެންގޮސްފައިވާ އިރު، އެއީ ފެރީން ހުޅުމާލެ ދިއުމަށް ފަހު އޭނާ ގެއަށް ދެވޭނެ ގަޑިއެއް ކަމަށް އެ ނޫހުން ބުންޏެެވެ.

“€œރިލްވާންގެ އެޕާޓްމެންޓް ކައިރީގައި މިކަމެއް [މީހަކު ގަދަކަމުން ގެންދިޔައީ] 1:45 ހާއިރު. މީހަކު ހަޅޭއްލަވާ އަޑު އިވިގެން ބަލާލިއިރު ގަދަކަމުން ވެހިކަލަށް އެރުވިތަން ފެނުނު، އަނެއްކާ އެއްޗެއް ވެއްޓުނު އަޑަށް ގޮސް ބަލާލިއިރު ވަޅިއެއް ފެނިގެން ފުލުހުންނަށް ރިޕޯޓްކުރި،” އެ ހާދިސާގެ މަންޒަރު ދުށް ދެ މީހުންނާ ހަވާލާދީ ޒަހީނާ ވިދާޅުވި އެވެ.

ރިިލްވާން ގެއްލުނު މައްސަލައިގެ ތަހުގީގުކުރިއަށްދާތީ އެ މައްސަލައިގެ މައުލޫމާތެއް ފުލުހުން ހާމައެއްނުކުރި އެެވެ.

ޒަހީނާ ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުނުތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަށް ވީގޮތެއް މިހާތަނަށް ސާފުނުވުމަކީ އެ ނޫހުން ވަރަށް ކަންބޮޑުވާ ކަމެކެވެ. އަދި އޭނާ ގެއްލުނީ، މިނިވަން ނޫހަކީ ރާއްޖޭގައި ވަކި ކަހަލަ ފިކުރެއް އަށަގެންނެވުމަށް މަސައްކަތް ކުރާ ބައެއް ކަމަށް އެކި ކަހަލަ ތުހުމަތުތައްކޮށް އެކި ފަހަރުމަތިން އެ ނޫހަށް އަދި ރިލްވާނަށް ވެސް އިންޒާރުދީފައި ވަނިކޮށް ކަމަށް ޒަހީނާ ވިދާޅުވި އެވެ.

“€œވަރަށް ކުރިއްސުރެން ފެށިގެން ތުންތުންމަތިން ވެސް އަޑުއިވޭ ރިލްވާނަކީ ވަރަށް ޓާގެޓެޑް މީހެކޭ،’ ޒަހީނާ ވިދާޅުވި އެވެ.

މިނިވަން ނިއުސް އިން ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުނު ރޭ އޭނާ ހުރީ ކަޅު ކުލައިގެ ގަމީހަކާއި ފަޓްލޫނެއް ލައިގެން އަދި ދަބަހެއް އަޅުވައިގެންނެވެ. ރިލްވާން ފެރީ ޓާމިނަލްގެ ކައުންޓަރުން ޓިކެޓް ގަތުމަށް ފަހު ހިނގާފައި ގޮސް، ފާޚާނާ އަށް ވަންނަ މަންޒަރު ވީޑިއޯއިން ފެނެ އެވެ. އެއަށް ފަހު އޭނާގެ ޓިކެޓް އެމްޓީސީސީގެ މުވައްޒަފާ ހަވާލުކުރެ އެވެ.

އެހެން ނަމަވެސް އޭނާ ފެރީ އަށް އެރިކަމެއް އަދި ކަށަވަރުނުވާ ކަމަށް ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރިލްވާންގެ ފޯންގެ ސިގްނަލް އެންމެ ފަހުން ލިބުނީ ހަތް ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ގައި ހެންވޭރުގެ ސަރަހައްދަކުންނެވެ. އަދި އެންމެ ފަހުން ފޯން ކޯލެއް ކޮށްފައިވަނީ އެރޭ 10:19 ގަ އެވެ. ނަމަވެސް އެ ކޯލްކޮށްފައި ވަނީ ކާކަށް ކަމެއް ފުލުހުން ނުބުނެ އެވެ.