#findmoyameehaa

Ahmed Rilwan (@moyameehaa)

Ahmed Rilwan Abdulla (@moyameehaa) a Maldivian Journalist has been missing since 8 August 2014. He was last seen on CCTV at the Hulhumale' ferry terminal.

He was wearing a black shirt, black trousers, black shoes with white soles and carrying a black backpack.
Rilwan is 28 years old, of medium build and 5 feet 10 inches tall, sporting a short beard and moustache.

ހުކުރު މިސްކިތް ކައިރިން ރިޟުވާން ފެނިފައިވޭ – ފުލުހުން

ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ފުލުހުން ޖަވާބު ނުދެއްވާކަން ފާހަގަކުރެވޭ. ފުލުހުން ވިދާޅުވަމުން ދަނީ މައްސަލަ ތަހުގީގުކުރަމުންދާތީ ތަފްސީލް ދެވެން ނެތީ ކަމަށް.

21:43 | 17/08/2014
ޝަތީހް: ހުޅުމާޅެ ފެރީ ޓާމިނަލް ވަކި ސަރަހައްދަކުން ނިކުމެއްޖެނަމަ ފެންނާނެ ކެމެރާތައް އެބަހުރި، ދިރާސާ ކުރަމުން މިދަނީ، ތަހުގީގު ހިނގަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް.

21:39 | 17/08/2014
ޝަތީހް: ޑޭޓާ ޔޫސޭޖް އެންމެ ސިގްނަލަކުން ޑިޓެކްޓު ކުރާނީ، ފޯން ޔޫސޭޖް އެންޑް ޑޭޓާ ޔޫސޭޖްއިން އެނގޭނެ އެންޓެނާ ބައްދަލުވާކަން، ޝަތީހް: އެންމެ ފަހުން ފޯނު ބޭނުން ކުރިކަން އެނގިފައިވަނީ 8 އޮގަސްޓް ދަންވަރު 2:30 ގައި، އެންމެ ފަހުން ސިގްނަލް ލިބިފައިވަނީ ހެންވޭރު ޓަވަރަކަށް. އިތުރު ތަފްސީލް ދެންނެވޭކަށް ނެތް މިވަގުތު.

21:38 | 17/08/2014
ޝަތީހް: ރިޟުވާން ފެރީ ޓާމިނަލްއަށް ވަންނަ ތަން ފޫޓޭޖްތަކުން ފެނުނަސް ހުޅުމާޅެ ފޭބިކަމެއް އަދި ކަށަވަރެއް ނުވޭ. ފެރީއަށް އެރިކަމަށް މީހަކު ބުނޭ. މިކަމެއް ކަށަވަރެއް ނުވޭ.

21:37 | 17/08/2014
ޝަތީހް: މާލޭގެ އެކި ސަރަހައްދުތަކުގެ ސީސީޓީވީ ފޫޓޭޖް މިދަނީ ބަލަމުން. ހުޅުމާލެ ފެރީ ޓާމިނަލް ފޫޓޭޖް ވެސް ނަގާފައި މިދަނީ ބަލަމުން.

21:34 | 17/08/2014
ޝަތީހް: ރިޟުވާން ފޯނަށް އެންމެ ފަހުން ޑޭޓާ ލިބިފައިވަނީ މާލެ ސަރަހައްދަކުން، ހުޅުމާލެއަކުން ނޫން، 7 އޮގަސްޓް 22:19 ގައި އެންމެ ފަހުން ކޯލް ކޮށްފައިވަނީ. ބަލަން ޖެހޭ ކަންތައްތައް މިދަނީ ބަލަމުން. ކުރިން ސިގްނަލް ޖެހި ތަނުގައި ވެސް ޑޭޓާ ޖަހާ.

21:33 | 17/08/2014
ޝަތީހް: ރިޟުވާޏް ހޯދުމުގެ ގޮތުން ހުޅުމާލޭ ބޮޑު ސަރަހައްދެއް ވަނީ ބަލާފައި، މިއަދު ވެސް ބެލި، ގެސްޓް ހައުސްތައް ވެސް ދަނީ ފާސް ކުރަމުން.

21:32 | 17/08/2014
ޝަތީހް: ރިޟުވާނާއި ބެހޭ އެއްވެސް މައުލޫމާތެއްވާނަމަ ޕޮލިސްއަށް ހުށަހެޅުމަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއްސާ ކުރުމަށް އެދެން.

21:31 | 17/08/2014
ޝަތީހް: ފުލުހުން ދާނީ މީޑީއާ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުން. ރިޟުވާން ހޯދުމުގެ މަސައްކަތަށް އާއިލާ އާއި ހެޔޮ އެދޭ ފަރާތުން ދަނީ އެއްބާރުލުން ދެއްވަމުން.

21:29 | 17/08/2014
ޝަތީހް: ފުލުހުން މިދިޔަ 3 ދުވަހު ހުޅުމާލެ ބަލައިފައިވާނެ، އަތޮޅުތެރޭގައި ރިޟުވާން ހުރިތޯ ބަލަމުން މިދަނީ، އަތޮޅު ކޮމާންޑުތަކުން ދަނީ ބަލަމުން.

21:26 | 17/08/2014
ޝަތީހް: 8 އޮގަސްޓް 2:30 ގައި ރިޟުވާން ފޯނުގެ ސިގްނަލް ލިބިފައިވޭ. އޭގެ ފަހުން ފޯނުގެ ސިގްނަލް ލިބިފައެއް ނުވޭ.

21:25 | 17/08/2014
ޝަތީހް: އެދުވަހުގެ 12 ހާއިރު ހުކުރު މިސްކިތް ކައިރިން ރިޟުވާން ރައްޓެއްސަކާއި ބައްދަލުވިކަން އެނގިފައިވޭ. ޝަތީހް: މިމަހުގެ 8 ވަނަ ދުވަހުގެރޭ 00:40 ހާއިރު ހުކުރު މިސްކިތް ކައިރިން ސައިކަލްގައި ދަނިކޮށް ފެނިފައިވޭ.ފުލުހުން ދަނީ މާލޭގެ އެކި ހިސާބުތަކުގެ ސީސީޓީވީ ފޫޓޭޖް ބަލަމުން.

21:24 | 17/08/2014
ޝަތީހް: އެންމެ ފަހުން ރިޟުވާން ފެނިފައިވަނީ 7 އޮގަސްްޓް ވަނަ ދުވަހު 7:30 ގައި. އާއިލާއިން ބުނީ އެންމެ ފަހުން ރިޟުވާން ލައިގެން ހުރީ މަޑު ފެހި ކުލައިގެ އެއްޗެއް ކަމަށް. އެކަމަކު ފޫޓޭޖް އިން ފެންނަނީ ކަޅު އެއްޗެއްލައިގެން ހުއްޓާ.

21:22 | 17/08/2014
ޝަތީހް: ރިޟުވާން ގެއްލިފައިވާކަން އެނގުނީ 13 އޮގަސްޓް 2014 ގައި، ހާއްސަ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ތަހުގީގު ކުރަމުން މިދަނީ.

21:22 | 17/08/2014
ޕްރެސް ދެއްވަނީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހް.

ގެއްލިގެން ހޯދަމުންދާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙުމަދު ރިޟުވާން ޢަބްދުﷲ ހޯދުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭ މައުލޫމާތު ދިނުމަށް ފުލުހުން ބާއްވާ ޕްރެސް ފެށިއްޖެ.

އިތުރު ތަފްސީލް އަންނަނީ..